logo
Bank of Maldives

Bank of Maldives

ޚަބަރު

ޖެނިފާއަށް ވަޒީފާދޭން އެންގި ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ނޮވެމްބަރު 2024 - 14:51
ޖެނިފާއަށް ވަޒީފާދޭން އެންގި ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފްކޮށްފި

 އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް އައިޝަތު ޖެނިފާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން، އައިއޭއެސްއިން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އައިއޭއެސް އިން ޖެނިފާގެ ވަޒީފާގެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ގޮތެއް ނިންމިކަން އަދި އިނގިފައެއް ނުވެއެވެ.

އައިއޭއެސްގެ ޑީއެމްޑީގެ މަގާމަށް ޖެނިފާ ހަމަޖެއްސީ އެމްޑީޕީގެ ސަރުކާރުގައި 2018 ވަނަ އަހަރުއެވެ. އޭނާ އެ މަގާމުން ވަކިކުރީ އައު ސަރުކާރު ވެރިކަމާއި ހަވާލުވެ ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.

އެ މައްސަލަ ޖެނިފާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. އެ މައްސަލަބެލެމަށްފަހު ޓްރައިބިއުނަލުން ނިންމީ ޖެނިފާ މަގާމުން ވަކިކުރީ ވަޒީފާ އިން ވަކިކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށެބެ.

ޖެނިފާ މަގާމުން ވަކިކުރީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށް ނިންމައި ޓްރެބިއުނަލުން ވަނީ އޭނާ އަށް އަލުން ވަޒީފާ ދިނުމަށާއި މައްސަލަ ނިމުނު މުއްދަތާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް ދޭން ޖެހޭނެ ކަމަށް ނިންމާފައެވެ. އަދި އެ ނިންމުން ތަންފީޒުކުރުމަށް އެއް މަސް ދުވަހުގެ މުހުލަތެއް ވެސް ދީފަވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް 14 ބޭފުޅަކު ކުރިމަތިލައްވައިފިޚަބަރު | މަހެއް ކުރިންޝަހީދުގެ ނަން ނެގުމުން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިޚަބަރު | މަހެއް ކުރިންޖަމީލް، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވައިފިޚަބަރު | މަހެއް ކުރިންޝަރުއީ ދާއިރާއަށްއޮތް އިތުބާރު ދަމަހައްޓަން ޝަހީދުގެ ނަން އަނބުރާ ނަގަން ނިންމައިފިޚަބަރު | 2 މަސް ކުރިން