ޕެޕް ގާޑިއޯލާ މެންޗެސްޓަރ ސިޓީއާއެކު އެއްބަސްވުން އައުކޮށްފި

ސިޓީގެ ކޯޗު ގާޑިއޯލާ. ފޮޓޯ: ގެޓީ އިމޭޖެސް

20 ނޮވެމްބަރު 2024 - 03:29
މެންޗެސްޓަރ ސިޓީގެ މެނޭޖަރ ޕެޕް ގުއާޑިއޯލާ 2026 ވަނަ އަހަރާ ހަމައަށް އޭނާގެ އެއްބަސްވުން އިތުރުކޮށްފިކަމަށް ބްރިޓިޝް މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފިއެވެ.2022 ވަނަ އަހަރު ސޮއިކުރި މިހާރުގެ އެއްބަސްވުން މި 2024 ގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް، އާ އެއްބަސްވުމުގައި އިތުރު އަހަރެއް ސޮއިކުރުމަށްފަހު އޭގެ އިތުރުން ދެ ފަރާތުން އެއްބަސްވާނަމަ އިތުރު އަހަރެއް ހިމެނިފައިވާކަމަށް ދަ އެތްލެޓިކް އިން ރިޕޯޓުކޮށްފައިވެއެވެ.2016 ވަނަ އަހަރު މެންޗެސްޓަރ ސިޓީއާ ގުޅުނު 53 އަހަރުގެ ގުއާޑިއޯލާގެ ދަށުން ސިޓީން 6 ޕްރިމިއަރ ލީގު ތަށި، 2 އެފްއޭ ކަޕް އަދި 2023 ވަނަ އަހަރުގެ ޓްރެބަލް ގެ ތެރެއިން ޗެމްޕިއަންސް ލީގުގެ ތަށި ހޯދާފައިވެއެވެ. މީގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕާއި 4 ލީގު ކަޕް ވެސް ހޯދާފައިވެއެވެ.ސްޕެއިންގެ މި ކޯޗު އޭނާގެ ކުޑައިރުގެ ކްލަބް ބާސެލޯނާ 2008 އިން 2012 އަށް މެނޭޖްކުރުމަށްފަހު، ޖަރުމަނުގެ ބޮޑު ކްލަބް ބަޔަން މިއުނިކް 3 އަހަރު ދުވަހު މެނޭޖްކޮށް، 2016 ގައި ސިޓީއާ ގުޅުނެވެ. އަދި ސިޓީ އާއި ގުޅުނުފަހުން މިވީ 8 އަހަރުތެރޭގައި 6 ފަހަރަށް ޕްރީމިއަރ ލީގުގެ ތަށި ސިޓީއަށް ހޯދައިދީފައިވެއެވެ.މެންޗެސްޓަރ ސިޓީ މިވަޤުތު އޮތީ ވަނީ ޕްރިމިއަރ ލީގުގެ ދެވަނައިގައެވެ. 11 މެޗަށްފަހު ލިވަރޕޫލްއާ ދެމެދު 5 ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ.
އިތުރު ލިޔުންތައް
.png&w=3840&q=75)
އެފް.އޭ ކަޕް: ޗެލްސީ އާއި ލިވަރޕޫލު މޮޅުވިއިރު، ސިޓީއިން ހުރިހާ ވަރެއް ބޭލީ ތިންވަނަ ޑިވިޝަނުގެ ޓީމަކާ ދެކޮޅަށް
3 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: މެންޗެސްޓަރ ސިޓީ، ޗެލްސީ ކުޅުނު މެޗުތަކުން އެއްވަރު
3 މަސް ކުރިން
ދުވާލަކަށް 71،000 ޕައުންޑް ލިބޭގޮތަށް ހާލަންޑް ސިޓީއާއެކު 2034 ވަނަ އަހަރާއިހަމައަށް އެއްބަސްވުން އާކޮށްފި
3 މަސް ކުރިން