އިނގިރޭސި ޕްރީމިއަރ ލީގު: މެންޗެސްޓަރ ސިޓީ، ޗެލްސީ ކުޅުނު މެޗުތަކުން އެއްވަރު

ޗެލްސީ މެޗުގައި ޕާމާ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ޗެލްސީ

15 ޖެނުއަރީ 2025 - 08:14
އިނގިރޭސި ޕްރީމިއަރ ލީގުގައި ރޭގައި މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ކުޅުނު މެޗުތަކުން އެއްވަރުވެއްޖެއެވެ. އެގޮތުން މެން ސިޓީ ބްރެންޓްފޯޑް އަތުން 2-2 އިން އެއްވަރުވެފައިވާއިރު، ޗެލްސީވެސް ބޯންމައުތު އަތުން ވަނީ 2-2 އިން އެއްވަރުވެފައެވެ.
ސިޓީ އާއި ބްރެންޓްފޯޑް މެޗުގެ ފުރަތަމަ ދެ ގޯލުވެސް ކާމިޔާބުކުރީ ސިޓީއިންނެވެ. އެގޮތުން ފުރަތަމަ ގޯލު މެޗުގެ 66 ވަނަ މިނެޓުގައި އަދި ދެވަނަ ގޯލު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފިލްފޯޑެންއެވެ. ބްރެންޓްފޯޑް ގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ވިސާއެވެ. އަދި ބްރެންޓްފޯޑް އިން މެޗު އެއްވަރުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ ފަހުވަގުތުގައި ނޮއަގާޑް އެވެ.
ރޭގެ މެޗުން އެއްވަރުވުމާއެކު ސިޓީ އޮތީ 35 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ.
ޕްރީމިއަރ ލީގުގައި ރޭގައި ކުޅެވުނު ޗެލްސީ އާއި ބޯންމައުތު މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރިހޯދީ ޗެލްސީއިންނެވެ. މިއީ ޕާމާ މެޗުގެ 13 ވަނަ މިނެޓުގައި ޖަހައިދިން ގޯލެކެވެ. ނަމަވެސް ބޯންމައުތު އިން ވަނީ ފަހަތުން އަރައި ދެގޯލުޖަހައި ޓީމަށް ކުރިހޯދައިދީފައެވެ. ޗެލްސީއިން މެޗު އެއްވަރުކުރި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 95 ވަނަ މިނެޓުގައި ރީސް ޖޭމްސްއެވެ.
ރޭގެ މެޗާއެކު ޗެލްސީއިން ލީގުގައި އެންމެފަހުން ކުޅުނު 5 މެޗުން ވެސް މޮޅެއް ލިބިފައި ނުވެއެވެ. ޗެލްސީ މިވަގުތުގައި އޮތީ 37 ޕޮއިންޓާއެކު ތާވަލުގެ 4 ވަނައިގައެވެ.
އިތުރު ލިޔުންތައް

އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރުމަށްފަހު ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި.
6 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީގެ ކުރިމަތިލުން ހަމަހަމަ.
5 މަސް ކުރިން
މާރކް ގިއުގެ މާކެޓް އަގާ އެއްވަރު ޓީމަކާދެކޮޅަށް ޗެލްސީއިން ގޯލުފުންޏެއް
5 މަސް ކުރިން.png&w=3840&q=75)