logoEN
ކުޅިވަރު

މެންޗެސްޓަރ ސިޓީގެ ތަޖުރިބާކާރު ޑިފެންޑަރ ކައިލް ވޯކަރ އިޓަލީގެ އޭސީމިލާނަށް

ވޯކަރ އޭސީ މިލާނަށް ގުޅުނުކަން ދެކުލަބުން ވަނީ އިޢުލާން ކޮށްފައި

ވޯކަރ އޭސީ މިލާނަށް ގުޅުނުކަން ދެކުލަބުން ވަނީ އިޢުލާން ކޮށްފައި

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

25 ޖެނުއަރީ 2025 - 08:53

މެންޗެސްޓަރ ސިޓީގެ ތަޖުރިބާކާރު ޑިފެންޑަރ ކައިލް ވޯކަރ އިޓަލީގެ އޭސީ މިލާނާއި ގުޅިއްޖެއެވެ. މިމުޢާމަލާތް ހުކުރު ދުވަހު ދެ ކުލަބުން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.

34 އަހަރުގެ އިނގިރޭސި ޑިފެންޑަރު މިލާނާއި ގުޅިފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން މިލާނުން ލޯނު އެއްބަސްވުން ނިމުމުން 5 މިލިއަން ޔޫރޯއަށް ދާއިމީކޮށް ކުޅުންތެރިޔާ ސޮއިކުރެވޭގޮތަށް އެއްބަސްވުމުގައި ހިމެނެއެވެ. ވޯކާގެ މުސާރައަކީ 2027 ވަނަ އަހަރާ ހަމައަށް އަހަރަކު 4.5 މިލިއަން ޔޫރޯއެވެ.

2017 ވަނަ އަހަރު މެންޗެސްޓަރ ސިޓީއާއި ގުޅުނު ވޯކަރ ވަނީ އެ ކުލަބަށް 319 މެޗު ކުޅެދީފައެވެ. އޭނާގެ ކެރިއަރުގައި ޗެމްޕިއަންސް ލީގާއި 6 ޕްރިމިއަރ ލީގު ޗެމްޕިއަންކަން ހޯދާފައިވެއެވެ. މި ސީޒަންގައި ސިޓީއަށް 18 މެޗު ކުޅުނު ނަމަވެސް، ޕްރިމިއަރ ލީގުގައި ގިނަ މެޗުތަކުގައި ސިޓީއިން އޭނާ ބޭނުންކުރަނީ ބެންޗުކުޅުންތެރިއެއްގެ ގޮތުގައެވެ.

މި ބުރާސްފަތި ދުވަހު މިލާނަށް ޒިޔާރަތްކުރި ވޯކަރ ވަނީ މެޑިކަލް ޓެސްޓުތައް ފުރިހަމަކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިލާނުގެ ޑިފެންސް ލައިން ގހަރުދަނާކުރުމަށް ގެނައި މި ތަޖުރިބާކާރު ކުޅުންތެރިޔާ ކުލަބުގެ މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

871x217_placeholder