logo
MPL

MPL

ކުޅިވަރު

ދުވާލަކަށް 71،000 ޕައުންޑް ލިބޭގޮތަށް ހާލަންޑް ސިޓީއާއެކު 2034 ވަނަ އަހަރާއިހަމައަށް އެއްބަސްވުން އާކޮށްފި

އަބްދުﷲ ޣާނިމް
17 ޖެނުއަރީ 2025 - 10:38
2034 ވަނަ އަހަރާއި ހަމަޔަށް ސިޓީގައި މަޑުކުރުމަށް ހާލަންޑު ވަނީ އެއްބަސްވެފައި. ފޮޓޯ: މެންޗެސްޓަރ ސިޓީ
2034 ވަނަ އަހަރާއި ހަމަޔަށް ސިޓީގައި މަޑުކުރުމަށް ހާލަންޑު ވަނީ އެއްބަސްވެފައި. ފޮޓޯ: މެންޗެސްޓަރ ސިޓީ

ނިމިދިޔަ ދެ ސީޒަނުގެ ޕްރީމިއަރ ލީގުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ ނޯވޭގެ އާރލިންގް ހާލަންޑު 2034 ވަނަ އަހަރާއި ހަމައަށް މެންޗެސްޓަރ ސިޓީގެ ކޮންޓްރެކްޓް އައުކޮށްފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ހާލަންޑު ވަނީ 2023 ވަނަ އަހަރު ސިޓީއަށް ބަދަލުވިފަހުން 126 މެޗުން ޖުމްލަ 111 ގޯލުޖަހައި 15 އެސިސްޓު ހަދާފައެވެ. އެގޮތުން ފުރަތަމަ ސީޒަނުގައި ޕްރީމިއަރ ލީގުގައި 36 ގޯލު އަދި ދެވަނަ ސީޒަނުގައި 27 ގޯލު އަދި މި ސީޒަނުގައި ލީގުގައި 16 ގޯލުޖަހާފައެވެ. އަދި ހާލަންޑުއަކީ 2023 ވަނަ އަހަރު ސިޓީއިން 5 ތަށި ނެގިއިރު އެންމެ މުހިންމު ކުޅުންތެރިޔާއެވެ.

 

ފަހަކަށް އައިސް ހާލަންޑު އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭތީއާއި ސިޓީއިން ހޯދާ ދަށްނަތީޖާތަކުގެ ސަބަބުން ހާލަންޑުގެ މުސްތަޤުބަލާއިމެދުގައި ވަނީ ފަހަކަށްއައިސް ސުވާލުއުފެދިފައެވެ. އަދި މީގެ އިތުރުން ސިޓީއިން ވަނީ މި ޓްރާންފަރ މާކެޓްގައި މިސްރުގެ ފޯވާޑް މަރމޯޝްގެ ސޮއިހޯދުމާއި ގާތުގައެވެ. އެހެންކަމުން އޭނާގެ މުސްތަޤުބަލާއިމެދު ސުވާލުއުފައްދާ ފަރާތްތަކަށް ހާލަންޑު މިވަނީ ސިޓީގެ ކޮންޓްރެކްޓް އައުކޮށް ވަރުގަދަ މެސެޖެއް ދީފައެވެ.

 

24 އަހަރުގެ ހާލަންޑުގެ އައު ކޮންޓްރެކްޓުގެ ދަށުން ޖުމްލަ 260 މިލިޔަން ޕައުންޑު ލިބޭނެއެވެ. އަދި މިކޮންޓްރެކްޓުގައި ހާލަންޑުގެ ރިލީސް ކްލޯސް އެއް ހިމެނިފައިނުވާކަމަށް ރިޕޯރޓްތައް ބުނެއެވެ. އައުކޮންޓްރެކްޓުގެ ދަށުން ހާލަންޑުއަށް ހަފްތާއަކު 500،000 ޕައުންޑު ލިބޭނެއެވެ. މިއީ ދުވާލަކަށް ބަލާނަމަ 71،000 ޕައުންޑެވެ. އަދި އަހަރަކަށް ބަލާނަމަ އެއީ 26 މިލިޔަން ޕައުންޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހާލަންޑުގެ ލަނޑާއެކު ސިޓީން ލައިޕްޒިގްގެ މައްޗަށް ކުރިހޯދައިފިކުޅިވަރު | 2 ގަޑިއިރު ކުރިންތާވަލުގެ އެއްވަނައިގައި އޮތް ސިޓީ ބަލިކޮށް ބްރައިޓަން ތިންވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 4 ދުވަސް ކުރިންއެސްޓަން ވިލާ އަތުން ބަލިވެ، ވަގުހެދި ސިޓީގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއްކުޅިވަރު | 12 ދުވަސް ކުރިންރެލިގޭޓްވެދާނެ ކަމުގެ ބިރާއެކު ސިޓީގެ ޕްލާސްޓިކް ސަޕޯޓަރުން ޓީމު ދޫކޮށް އަސްލު ކުލަބަށް ރުޖޫޢަވެއްޖެ؟!ކުޅިވަރު | 15 ދުވަސް ކުރިން