އެފް.އޭ ކަޕް: ޗެލްސީ އާއި ލިވަރޕޫލު މޮޅުވިއިރު، ސިޓީއިން ހުރިހާ ވަރެއް ބޭލީ ތިންވަނަ ޑިވިޝަނުގެ ޓީމަކާ ދެކޮޅަށް
.png&w=3840&q=75)
ރޭގެ މެޗުތަކުގައި ލިވަރޕޫލާއި، ޗެލްސީގެ އިތުރުން ސިޓީ ވަނީ ފަސޭހަކަމާއެކު މޮޅުވެފައި.

12 ޖެނުއަރީ 2025 - 05:35
އިނގިރޭސި އެފް.އޭ ކަޕްގައި ޗެލްސީ އާއި ލިވަރޕޫލާއި ސިޓީ ރޭގައި ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
ޗެލްސީ ރޭގައި އަމިއްލަ ދަނޑުގައި 3 ވަނަ ޑިވިޝަނުގެ ރެލިގޭޝަން ޒޯނުގައި އޮތް މޯރކަމް އަތުން މޮޅުވީ 5-0 އިންނެވެ. މިމެޗުގައި ފީލިކްސް އާއި ތޮސިން 2 ގޯލު ކާމިޔާބުކޮށްދިންއިރު، އިންކުންކޫ ވެސް ވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ.
ރޭގައި ލިވަރޕުލޫވެސް ވަނީ 3 ވަނަ ޑިވިޝަންގެ ކުލަބެއް ކަމުގައިވާ އަރކްރިންގްޓަން ސްޓާންލީ އަތުން ފަސޭހަކަމާއެކު 4-0 އިން މޮޅުވެފައެވެ. މިގޯލުތައް ކާމިޔާބުކޮށްދިނީ ޖޯޓާ އާއި އާރނޯލްޑް އާއި ޑެންސް ގެ އިތުރުން ފެޑްރިކޯ ކިއޭސާއެވެ.
ރޭގައި ސިޓީއިން ވަނީ ފަހަކަށް އައިސް ހޯދާ ދަށްނަތީޖާ ތަކުގެ ހުރިހާ ވަރެއް 3 ވަނަ ޑިވިޝަނުގެ ކުލަބް ސަލްފޯރޑް ސިޓީއަށް ބާލާފައެވެ. މިމެޗު ސިޓީއިން ކާމިޔާބުކުރީ 8-0 އިންނެވެ. މިމެޗުގައި ސިޓީގެ މިޑްފީލްޑަރ މެކަޓީ ހެޓްރިކް ހަދާފައިވާއިރު، ޑޯކޫ ވަނީ 2 ގޯލުޖަހާފައެވެ. މީގެ އިތުރުން މުބާމާ އާއި އޮރައިލީ ވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ. އަދި ރޭގެ މެޗުގައި 100 މިލިޔަން ޕައުންޑުގެ ގްރީލިޝް ވަނީ އެއް އަހަރު ފަހުން ގޯލެއް ކާމިޔާބުކޮށްފައެވެ. މިއީ ޕެނަލްޓީ ގޯލެކެވެ.
މިމުބާރާތުގައި މިރޭގައި މެންޗެސްޓަރ ޔުނައިޓެޑާއި މިމުބާރާތުގެ އެންމެ ގިނަ ތަށި ހޯދާފައިވާ އާރސެނަލް އާއި ބައްދަލުކުރާނެއެވެ.
އިތުރު ލިޔުންތައް

އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރުމަށްފަހު ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި.
6 މަސް ކުރިން
"އަނިޔާގެ ސަބަބުން އާސެނަލްގެ މުހިންމު ކުޅުންތެރިންނަށް ނުކުޅެވުނަސް ޖެހިލުމެއް ނުވޭ" އާސެނަލްގެ ކޯޗު
6 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ސަލާޙު ފަހުވަގުތު ޖެހި ގޯލާއެކު އާރސެނަލް ގެ އަތުން ލިވަޕޫލަށް މުހިންމު ޕޮއިންޓެއް.
6 މަސް ކުރިން