logo
MPL

MPL

ދުނިޔެ

ޣައްޒާއަށް ދޭ އެހީ އިތުރުކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގޮވާލައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
20 ނޮވެމްބަރު 2024 - 05:00
ޣައްޒާއަށް ދޭ އެހީ އިތުރުކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން  ގޮވާލައިފި

ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުން އިތުރު ކުރުމަށް އދގެ ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުން ޔަހޫދީންނަށް ގޮވައިލައިފިއެވެ.

ފަލަސްތީނުގެ 43،922 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން ވަނީ ގެދޮރު ގެއްލިފަ އެވެ. އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ވަނީ ފަލަސްތީނުގެ ހާލަތު ރަނގަޅު ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް އިސްރާއީލުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާއާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު، މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުން ދަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުންނެވެ. އެމެރިކާއިން ދާދިފަހުން ބުނީ، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ވެއްދުމަށް ޒަޔަނިސްޓުން އެއްވެސް ވަރަކަށް ހުރަސް އަޅަމުން ނުދާ ކަމުގައެވެ. ނަމަވެސް، މިއީ އދގެ އިދާރާތަކާއި އެހީދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ދޮގު ކުރާ ވާހަކައެކެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,922އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 103,898 މީހުން ޒަޚަމު ކޮށްލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ ޓެރަރިސްޓް ޙަމަލާއެއްގައި ފަލަސްޠީނުގެ ޒުވާން ގޯލްކީޕަރަކު ޝަހީދުވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންއިޒްރާއީލުގެ ޤަތުލުއާންމު ކުއްވެރިކޮށް ޣައްޒާއަށް އެހީ ވެއްދުމުގެ ހުއްދަ ދިނުމަށް ހެމިލްޓަން ގޮވާލައިފިކުޅިވަރު | ގަޑިއިރެއް ކުރިންފަލަސްތީނު ޓީވީ ޗެނަލެއްގެ ފަސް ނޫސްވެރިއަކު ޝަހީދު ކޮށްލައިފި ދުނިޔެ | 2 އަހަރު ކުރިންޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދަން ގޮނޑުހޮވަން މަޖުބޫރުވެއްޖެ: އދދުނިޔެ | 2 އަހަރު ކުރިން