logo
MPL

MPL

ޚަބަރު

ބޮޑެތި އިންވެސްޓަރުންނަށް ރާއްޖެއިން ބޯހިޔާވަހިކަން ލިބޭ އުސޫލެއް ގާއިމްކުރަނީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
1 ސެޕްޓެމްބަރު 2024 - 05:41
ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ވަޒީރުން ---ފޮޓޯ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ވަޒީރުން ---ފޮޓޯ ރައީސް އޮފީސް

ރާއްޖެއަށް އިންވެސްޓްކުރާ ފަރާތްތަކުގެ ތެރެއިން ބޮޑެތި އިންވެސްޓަރުންނަށް، ރާއްޖެއިން ބޯހިޔާވަހިކަން ލިބޭ ޕްރޮގްރާމެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ، މިއަދުގެ ވަޒީރުންގެ މަޖިލީހަށް ވަޑައިގެންނުވުމުގެ ކުރިން ވަޒީރުންގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަންކަމާ ގުޅޭ ގޮތުން ދެއްވި ކުރު ވީޑިޔޯ މެސެޖެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މެސެޖުގައި ރައީސް ވިދާޅުވީ، ދުނިޔޭގެ ބައެއް ބޮޑެތި ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ޢަމަލުކުރާ ގޮތަށް ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމުގެ ގޮތުން، ރާއްޖެއަށް އިންވެސްޓްކުރާ އިންވެސްޓަރުންނަށް ރެޒިޑެންސީ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެކަމަކީ ރާއްޖެއަށް މުޅިން ތަފާތުކަމަކަށްވީ ނަމަވެސް، އެކަމަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ކަމަކަށް ވާނެ ކަމަށެވެ.

 

View post on Twitter

 

"ވަރަށް ތަފާތު، އެހެންނަމަވެސް ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއް. އަދި، ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ކަންކުރާ ގޮތް،" ރައީސް ވިދާޅުވިއެވެ.

އިންވެސްޓަރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ދުނިޔޭގެ ބައެއް ބޮޑެތި އަދި ކުދި ގައުމުތަކުގައި ވެސް ކުރާ ކަމެކެވެ. އޭގެ ތެރޭގައި ތުރުކީ، ގްރީސް، އެކުވެރި އަރަބި އިމާރަތް، ސްޕެއިން އަދި ހޮންގް ކޮންގް ފަދަ ގައުމުތަށް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | 3 ގަޑިއިރު ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | 4 ގަޑިއިރު ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | 19 ގަޑިއިރު ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | 19 ގަޑިއިރު ކުރިން