logo
Bank of Maldives

Bank of Maldives

ޚަބަރު

ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށް ލައިސަންސް ބޭނުންވާނީ ގަވާއިދަށް އަމަލު ކުރަން ފެށުމުން : ހެލްތު

އާމިނަތު ޝަފާ
21 ނޮވެމްބަރު 2024 - 10:01
ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށް ލައިސަންސް ބޭނުންވާނީ ގަވާއިދަށް އަމަލު ކުރަން ފެށުމުން :  ހެލްތު

ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެ ކުރުމަށް ހެލްތު މިނިސްޓްރީން ދޫކުރާ ލައިސަންސެއް ލާޒިމްވާނީ ޤާނޫނުގައި ބަޔާންކުރާ ފަދައިން މި ހުއްދަތައް ދިނުމުގެ އުޞޫލާއި އިޖުރާއަތުތައް ކަނޑައަޅާ ބަޔާންކުރާ ގަވާއިދު ޢާންމުކުރުމުން އެ ގަވާއިދުގައި ކަނޑައަޅާ މުއްދަތެއްގައި ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް އަށް 15 ނޮވެންބަރުން ފެށިގެން ޢަމަލުކުރަން ފެށުމާއެކު ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ އަދި ދިވެހިރާއްޖެއިން ބޭރުކުރާ ކޮންމެ ފަރާތަކާއި، ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ދިވެހިރާއްޖޭގައި ވިއްކާ ކޮންމެ ފަރާތެއްގެ ކިބައިގައި، ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން މި ޤާނޫނުގެ ދަށުން މިނިސްޓްރީން ދޫކުރާ ޞައްޙަ ލައިސަންސެއް އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފަށް އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކޮށް، ނުވަތަ ދިވެހިރާއްޖެއިން ބޭރުކޮށް، ނުވަތަ ދިވެހިރާއްޖޭގައި ބަހައި، ނުވަތަ ވިއްކައި ހަދައިގެން ނުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށްވެސް އިއުލާނުގައިވެއެވެ.

ނަމަވެސް އެހުއްދަތައް ހޯދުމަށް ލާޒިމްވާނީ ޤާނޫނުގައި ބަޔާންކުރާ ފަދައިން މި ހުއްދަތައް ދިނުމުގެ އުޞޫލާއި އިޖުރާއަތުތައް ކަނޑައަޅާ ބަޔާންކުރާ ގަވާއިދު ޢާންމުކުރުމުން އެ ގަވާއިދުގައި ކަނޑައަޅާ މުއްދަތެއްގައި ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކޮށް މިއާދައަށް ރައްޔިތުން ދެވި ހިފުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިއްހީ ނިޒާމަށް ބޮޑު ކުރިއެރުމެއް, ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އަޅައިފިޚަބަރު | 16 ދުވަސް ކުރިންއެމްޑީޕީގެ ސަރުކާރުގައި ހަވާލުކުރި ސިއްހީ ދާއިރާގެ މަޝްރޫޢުތަކުން 60 މިލިއަން ރުފިޔާގެ އިސްރާފެއްޚަބަރު | މަހެއް ކުރިންއިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިންހެލްތް މިނިސްޓްރީގެ ޑިޖިޓަލް ޕޯޓަލް، "އިތާ" އިފްތިތާހުކޮށްފިޚަބަރު | 2 މަސް ކުރިން