އެމްޑީޕީން ނަމުން ޑިމޮކްރަސީ، ކަމުން އަމިއްލަ އެދުން އިސްކުރަނީ
22 ނޮވެމްބަރު 2024 - 04:35

އިދިކޮޅު އެމްޑީޕީއަކީ ނަމުން ޑިމޮކްރަސީވެގެން ކަމުން އަމިއްލަ އެދުން އިސްކުރާ ޕާޓީއެއްކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒު މިފަދައިން ވިދާޅުވީ މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި އެންޓި ޑިފެކްޝަން ނުވަތަ ގޮޑި ގެއްލޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
މުހުތާޒު ވިދާޅުވީ 2017 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޒައާމަތުގައި އެންޓި ޑިފެކްޝަން ގާނޫނެއް ވުޖޫދުކުރުމުން 19 ވަނަ މަޖިލީހުގައި އެ ގާނޫނު އުވާލެއްވިކަމަށެވެ. އަދި އޭގެ ފަހުން 19 ވަނަ މަޖިލީހުގެ ދައުރު ނިމެން ދަނިކޮށް މި ގާނޫނު އަލުން ފާސްކުރިކަމަށާއި އެއީ އެމްޑީޕީން އަމިއްލަ އެދުން އިސްކޮށްގެން ކުރި ކަންކަންކަމަށް މުހުތާޒު ވިދާޅުވިއެވެ.
" ސްޕަމެޖޯރިޓީ ގެއްލިދާނެތީ އެކަން އެގޮތަށް ކުރީ. އެ ބޭފުޅުން ދެއްކީ ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވާ ވާހަކަ ވެސް. މެމްބަރުން ގަންނަވާހަކަވެސް. ފާޑުކިޔާ މީހުންނަށް ބުނަން އޮތީ މީގެ ކުރިންވެސް ގޮޑި ގެއްލޭ ގާނޫނެއް އޮތް. މި ސަރުކާރުން މިކަން ކުރީމައި ކަންބޮޑުވެއްޖެ".
މުހުތާޒު ވިދާޅުވީ ގާނުނު އަސާސީއަށް މި ގެނެވުނު ބަދަލާ ދޭތެރޭ ރައްޔިތުންގެ ކަންބޮޑުވުމެއް ނެތްކަމަށާއި އިދިކޮޅު ފަރާތްތަކުން ކޮންމެފަދަ ވާހަކައެއް ދެއްކިޔަސް ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިތުބާރުކުރައްވާކަމަށެވެ. އަދި ރައީސްގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައްޔިތުން ވަގުތު ދެއްވާކަމަށް މުހުތާޒު ވިދާޅުވިއެވެ.
" އެމްޑީޕީން ނަމުން ޑިމޮކްރަސީ، ކަމުން އަމިއްލަ އެދުން އިސްކުރަނީ އަޅުގަނޑު ދަންނަވަން ބޭނުން ނަމުން ޑިމޮކްރަސީވާފަދައިން ކަމުންވެސް ޑިމޮކްރަސީ ވާށޭ. ޒިންާދާރުވާށޭ. އަދި އިދިކޮޅު ގައި ތިއްބެވިޔަސް ކުރީގައި ގޮޑި ގެއްލުނު 12 މެމްބަރުންވެސް އެކަން ދަސްކުރައްވަންޖެހެއޭ."
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވަނީ ތަސްދީގުކުރައްވާފައެވެ.
މި ބިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް އިޞްލާޙަކީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް ހިމަނާފައިވަާ ބަދަލުތަކެވެ. މި ބަދަލުތަކާއެކު، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް އިތުރުކުރެވިފައިވެއެވެ. މިގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

-01.jpg&w=3840&q=75)
