ދިވެހިންގެ އަދަބު އަހްލާގު އިޔާދަ ކުރުމަށް ތައުލީމީ މަންހަޖުގައި ދުރޫސުލް އަހްލާގު ހިމެނުން މުހިއްމު: މުހުތާޒު
8 ޖުލައި 2025 - 11:36

ދިވެހިންގެ އަދަބު އަހްލާގު އިޔާދަ ކުރުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ ތައުލީމީ މަންހަޖުގެ ތެރޭގައި ދުރޫސުލް އަހްލާގު ހިމަނައިގެންކަމަށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ކުރީގެ ޕީޖީ މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ މިއަދު، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
މުހުތާޒު ވިދާޅުވެފައި ވަނީ، މިއަދު ސިޔާސީ މަންފާއެއް ހޯދުމަށް ނަމަވެސް ދިވެހި އިސްލާމީ މި މުޖުތަމައުގެ އިޖްތިމާއީ ފޭރާން ވީދިފައިވާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.
އެހެންކަމުން ދިވެހިންގެ އަދަބު އަހްލާގު އިޔާދަ ކުރުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ ތައުލީމީ މަންހަޖުގެ ތެރޭގައި
ދުރޫސުލް އަހްލާގު ހިމަނައިގެން ކަމުގައި އޭނާ ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވަނީ ވިދާޅުފައެވެ.
މުހުތާޒު މިހެން ވިދާޅުވެފައި މިވަނީ، އަދުގެ ސަރުކާރުން ދިވެހި މުޖުތަމަޢުގެ އަޚްލާޤީ ހާލަތު ރަނގަޅުކުރުމަށާއި، ތައުލީމީ ދާއިރާއިން މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޚާއްޞަކޮށް، ތަޢުލީމާ ބެހޭ ވުޒާރާއިން ދަނީ މި މަގަށް ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ.

-01.jpg&w=3840&q=75)
