މުއްޠަލިބު ރިވެތި އަޚްލާޤް ދަންނަ ކޮންމެ މީހަކަށް ވެސް އެނގޭ، ހުތުރު އަމަލެއް ނުކުރައްވާނެކަން ޔަޤީން: މުހުތާޒު މުހުސިން
21 ނޮވެމްބަރު 2026 - 17:03

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާ ގުޅުވައިގެން ޢަދާލަތު ޕާޓީގެ ކުރީގެ ރައީސް ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތަކަކީ ދަށު ދަރަޖައިގެ ޢަމަލެއް ކަމަށާއި، ޑރ. މުއްޠަލިބަކީ އިމްރާން ތުހުމަތުކުރެއްވި ފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ޚާރިޖީ ވުޒާރާގެ އިސް މަޤާމެއް ފުރުއްވަމުން ގެންދަވާ މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބާ ގުޅުވައިގެން ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބުދުﷲ ''އަސްލު ޓީވީގައި'' ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން މުހުތާޒު ވިދާޅުވީ، ޑރ. ޢަބްދުﷲ މުއްޠަލިބު ދަންނަ ކޮންމެ މީހަކަށްވެސް އޭނާގެ ރިވެތި އަޚްލާޤާއި ސާފު ސީދާ މިޒާޖު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އެފަދަ ދަށުދަރަޖައިގެ ހުތުރު އަމަލެއް އެމަނިކުފާނު ނުކުރައްވާނެކަން ޔަޤީންވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެއިތުރުން، ޑރ. މުއްޠަލިބަކީ ކާރުކޮޅުތަކުގައި ކަންދައްކަވަން އުޅުއްވާ ބޭފުޅެއް ނޫންކަމަށާއި، އާދައިގެ ދިރިއުޅުމެއްގައި އަމިއްލަ ސައިކަލުގައި ދަތުރުފަތުރުކުރައްވާ ބޭފުޅެއްކަން އެންމެނަށްވެސް ވަރަށް ސާފުވާނެ ކަމަށް މުހުތާޒު ވިދާޅުވިއެވެ.
މުހުތާޒު އިތުރަށް ވިދާޅުވީ، ޢިމްރާނަށް މިއަދު ޖެހިފައިވާ ހާލާއި އަދި ވެއްޓިވަޑައިގެންފައިވާ ދަށު ދަރަޖައާމެދު ނުހަނު ދެރަވެ ހިތާމަކުރައްވާ ކަމަށެވެ.

-01.jpg&w=3840&q=75)
