logo
MPL

MPL

ޚަބަރު

ޝަރުއީދާއިރާއަށް މާލީ މިނިވަންކަމާއި ބާރުވެރިކަން ދެއްވި ފުރަތަމަ ރައީސަކީ ރައީސް މުއިއްޒު: މުހުތާޒް

އާމިނަތު ޝަފާ
31 އޮކްޓޯބަރު 2025 - 05:31
ޝަރުއީދާއިރާއަށް މާލީ މިނިވަންކަމާއި ބާރުވެރިކަން ދެއްވި ފުރަތަމަ ރައީސަކީ ރައީސް މުއިއްޒު: މުހުތާޒް

ޝަރުއީދާއިރާއަށް މާލީ މިނިވަންކަމާއި ބާރުވެރިކަން ދެއްވި ފުރަތަމަ ރައީސަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަމަށް ކުރީގެ ޕީޖީ މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު މިފަދައިން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ހިމެނުއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 އިންސައްތަ އިތުރު މިންވަރެކެވެ. އަންނަ އަހަރުގެ ޚަރަދު އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއްކުރަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެންނަން ރާވައިފައިވާ ބަދަލާއި ގުޅިގެން އިތުރުވާ މުސާރަ އާއި އުޖޫރައިގެ ޚަރަދަށެވެ. ސަރުކާރުން އަލަށް ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށް މިއަހަރު ނިންމާފައިވުމުން، އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ބަޖެޓުގައި ޖުޑިޝަރީގެ ދާއިރާއަށް ހިނގާ ޚަރަދު ވާނީ ގްރާންޓެއްގެ ގޮތުގައި ދިނުމަށްވެސް ނިންމާފައެވެ. މި ގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާއިރު މިއީ މިހާރު މިދާއިރާއަށް ކުރެވޭ ހަރަދާ އަޅާބަލާއިރު 250 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ސަރުކާރުގެ މި ނިންމެވުމަށް މަރުހަބާ ވިދާޅުވެ މުހުތާޒު ވިދާޅުވީ އަދަކީ ވަކި ބާރެއްގެ ގޮތުގައި ޝަރުއީ ދާއިރާ މިނިވަންވީއްސުރެން އެދާއިރާއިން ކުރަމުން އައި ފޮނި އުންމީދުގައި ހަގީގީ ކުލަޖެހުނު ދުވަސްކަމަށެވެ. އަދި ރައީސް މުހައްމަދު މުއިއްޒުގެ ނަންފުޅު ލިޔެވިގެންދާނީ ޝަރުއީދާއިރާއަށް މާލީ މިނިވަންކަމާއި ބާރުވެރިކަން ދެއްވި ފުރަތަމަ ރައީސްގެ ގޮތުގައިކަމަށް މުހުތާޒު ވިދާޅުވިއެވެ.

ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށާއި، އެކަމަށް މަގުފަހިކުރުމަށްޓަކާ، އަންނަ އަހަރުގެ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ ސެޕްޓެމްބަރުމަހުގެ 11 ވަނަ ދުވަހުއެވެ.

އެގޮތުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ނިންމަވާފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ޖުޑިޝަރީއަށް ފުރިހަމަ މާލީ މިނިވަންކަން ދިނުމަށްޓަކައި އެކުލަވާލެވޭ ނިޒާމެއްކަމަށާ، މި ނިޒާމުގެ ދަށުން، ޖުޑިޝަރީއަށް ލިބޭ ފައިސާ ޚަރަދުކުރުމުގެ ފުރިހަމަ އިޚްތިޔާރު، ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިމިދިޔަ ސަރުކާރުން އިންތިޚާބާ ދިމާކޮށް 500 އަށްވުރެ ގިނަ ކުށްވެރިން މުޖުތަމައަށް ދޫކުރި: މުހްތާޒްޚަބަރު | 2 ގަޑިއިރު ކުރިންޝަރުއީދާއިރާއަށް މާލީ މިނިވަންކަމާއި ބާރުވެރިކަން ދެއްވި ފުރަތަމަ ރައީސަކީ ރައީސް މުއިއްޒު: މުހުތާޒްޚަބަރު | އަހަރެއް ކުރިން ދިވެހިންގެ އަދަބު އަހްލާގު އިޔާދަ ކުރުމަށް ތައުލީމީ މަންހަޖުގައި ދުރޫސުލް އަހްލާގު ހިމެނުން މުހިއްމު: މުހުތާޒުޚަބަރު | އަހަރެއް ކުރިންމަގާމުގައި ތިއްބަވައިގެން ސިޔާސީ ފަރާތްތަކަށް ޖަވާބުދާރީވެ ބަޔާންނެރުމުން ފަނޑިޔާރުގޭގެ ގަދަރު ކުޑަވޭ: މުހުތާޒްޚަބަރު | 2 އަހަރު ކުރިން