logoEN
ކުޅިވަރު

90 ޕްލަސް ގޯލްޑް ކަޕް: ގަދަފަދަ އައްޑޫއަށް ކުރެންދޫ ބަލި ނުކުރެވުނު

ރޭގެ މެޗުގައި އައްޑޫ ޓީމުން ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ސިޑިބަރި

ރޭގެ މެޗުގައި އައްޑޫ ޓީމުން ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ސިޑިބަރި

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

23 ނޮވެމްބަރު 2024 - 04:12

ތަޖުރިބާކާރު ކުޅުންތެރިންނާއެކު ނިކުތް ގަދަފަދަ އައްޑޫ ޓީމަށް ކުރެންދޫ ބަލި ނުކުރެވި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ރޭގައި ގަލޮޅު ދަނޑުގައި ކުޅެވުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި މެޗުގައި އައްޑޫ ޓީމުގެ ކެޕްޓަނަކަށް ހުރީ ކުރީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ޤައުމީ ޓީމުގެ ލެޖެންޑް ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ. 42 އަހަރުގެ ބޮންޑަ އެނބުރި ދަނޑަށްއައިސް މޮޅު ކުޅުމެއް ކުޅުންނަމަވެސް އެޓީމަށް ކުރެންދޫކައިރިން ގަދަވެވޭގޮތެއް ނުވިއެވެ. އައްޑޫ ޓީމުގައި ބޮންޑާގެ އިތުރުން އަޙްމަދު ޒައުލް އާއި އަލީ ނާފިޢު ވެސް ކުޅެފައިވެއެވެ. މި ދެކުޅުންތެރިންނަކީވެސް ފުރަތަމަ ޑިވިޝަނުގައި ގަލޮޅު ދަނޑުގައި މެޗުތަކެއް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ.

މެޗުގެ ފުރަތަމަ ގޯލުޖަހާ ކުރި ހޯދީވެސް އައްޑޫ އިންނެވެ. އެ ގޯލް ޖަހައިދިނީ ބޮންޑާގެ ސެޓްޕީސް އަކުން ތަނަވަސް ކުރި ފުރުސަތެއްގައި ހިޒާމް ފައުޒީއެވެ. މި މެޗުގައި އައްޑޫގެ ޓީމުން ކުރެންދޫގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ކުރެންދޫ ޓީމުގެ ލަންކާގެ ޤައުމީ ޓީމު ކީފަރު ވަނީ ގިނަ ހަމަލާތައް ދިފާއުކޮށްފައެވެ.

މެޗުގެ ނަތީޖާ ކުރެންދޫއަށް ހަމަހަމަ ކޮށްދިނީ އެޓީމުގެ ބެލްޖިއަމްގެ ކުޅުންތެރިޔާ ޖޯޑީ ޖެހި ރީތި ހިލޭ ޖެހުމަކުންނެވެ.

މި މުބާރާތުގައި މިއަދުވެސް ދެ މެޗު ކުޅޭނެއެވެ. އެގޮތުން މިއަދު ހަވީރު ގުރައިދޫ ނިކުންނާނީ ހުރާ އާ ދެކޮޅަށެވެ. އަދި މިރޭގައި ނައިފަރާއި މާފުށި ބައްދަލުކުރާނެއެވެ.

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެނީ ގަލޮޅު ރަސްމީ ދަނޑުގައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder