logo
Bank of Maldives

Bank of Maldives

ޚަބަރު

ރަޝިޔާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެލައްކަ އަށް، އެންމެ ކުރީގައި ޗައިނާ

އަޙްމަދު ޒަލީފް
24 ނޮވެމްބަރު 2024 - 16:23
ރަޝިޔާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެލައްކަ އަށް، އެންމެ ކުރީގައި ޗައިނާ

އަހަރުގެ މިހާތަނަށް ރަޝިއާ އިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއަށް މުޅި ޖުމުލަ 1,797,028 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.2 އިންސައްތަ އިތުރު އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލިސްޓުގެ އެއްވަނާގައި އޮތީ ޗައިނާއެވެ. ޗައިނާއިން މިހާތަނަށް 248,141 ފަތުރުވެރިން އައިސްފައިވާއިރު އެއީ ރާއްޖެ ޒިޔާރާތް ކުރި ފަތުރުވެރިންގެ 13.8 އިންސައްތައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާއިން އައި ފަތުރުވެރިންގެ އަދަދު 201,497 އަށް އަރައެވެ. ރަޝިޔާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,242 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 171 ރިސޯޓާއި 902 ގެސްޓްހައުސްގެ އިތުރުން 155 ސަފާރީ އާއި 14 ހޮޓެލް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 62,690 އެނދު އޮޕަރޭޓްކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިރުތިޝާމު ރަޝިއާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންރަޝިއާއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ކޮންސުލް ޖެނެރަލެއްޚަބަރު | 2 އަހަރު ކުރިންރަޝިޔާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެލައްކަ އަށް، އެންމެ ކުރީގައި ޗައިނާ ޚަބަރު | 2 އަހަރު ކުރިން