logoEN
ޚަބަރު

އެންމެ މުޙިއްމު އެއް މަސައްކަތަކީ ދުރާލާ އާއިލާތައް ބާރުވެރިކުރުވުން - މިނިސްޓަރ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

25 ނޮވެމްބަރު 2024 - 13:43

އެންމެ މުޙިއްމު އެއް މަސައްކަތަކީ ދުރާލާ އާއިލާތައް ބާރުވެރިކުރުވުން ކަމަށާއި ސަރުކާރުގެ އަމާޒަކީ އެންމެނަށް ބޭނުންވާ އަމާންކަމާއި، ރައްކާތެރިކަން ފޯރުކޮށްދީ، އެއްވެސް މީހަކު ބާކީނުކޮށް އުފާވެރި މުޖުތަމަޢެއް ބިނާކުރުންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ބާއްވާ މަދަނީ ޖަމުޢިއްޔާތަކުގެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދަނީ މުޖުތަމަޢުގެ އެކަކު އަނެކަކަށް ކުރާ އަނިޔާ މަދުކުރުމަށް ކަމަށެވެ.

މި މަހުގެ 25 އިން 26ގެ ނިޔަލަށް ކުރިޔަށްގެންދާ މިމަހާސިންތާގައި ރާއްޖޭގެ ސަރަޙައްދުން 15 މަދަނީ ޖަމުޢިއްޔާ ބައިވެރިވެއެވެ.

ދައުލަތުގެ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ 2 ޕްރޮގްރާމެއް ސަރުކާރުންދަނީ ހިންގަވަމުންނެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް 5 އަތޮޅެއްގައި 37 ރަށެއްގައި އިބަމަ ޤާއިމުކޮށް، 194 ހިއްސާދާރުން ތަމްރީނުކޮށް، ނާޒުކު ޙާލަތްތަކުގައި ތިބި މީހުންނާއި އަނިޔާގެ ޝިކާރައަށްވެފައިވާ މީހުންނަށް ބޭނުންވާ އެހީތެރިކަންދަނީ ފޯރުކޮށްދެމުންނެވެ.މީގެއިތުރުން ސަރުކާރުން ރައްޔިތުންގެ ޙާލު ގާތުން ބެލުމަށްޓަކައި "ހާލު ބެލުން" ޕްރޮގްރާމް އިފްތިތާޙުކޮށް ގެބިސީތަކަށް ދިޔުމުގެ މަސައްކަތްދަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން 12 އަތޮޅެއްގެ 53 ރަށެއްގައި ޙާލު ބެލުން ޕްރޮގްރާމް މިހާތަނަށްވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މީގެތެރެއިން 22 ރަށެއް އެއްކޮށް ނިމިފައިވާއިރު، ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން 8027 ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތުވަނީ އެއްކޮށްފައެވެ.

ކޮމެންޓް

871x217_placeholder