ފަހަރަކު ތިން ގައިދީންނަށް އެމީހުންގެ އާއިލާއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

25 ނޮވެމްބަރު 2024 - 16:52
ގައިދީންނާއި ބަންދުމީހުން އާއިލާއާ ބައްދަލުކުރާ ގެ ހުޅުމާލޭ ޖަލުގައި، ތަރައްޤީކުރުމަށްފަހު ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމާގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވީ މީގެ ކުރިން ހުޅުމާލެ ޖަލުގައި އާއިލީ ބައްދުލުކުރުމަށް ކަނޑައަޅާފައިވާ ތަނަކީ ފަހަރަކު އާއިލާއަކަށް ބައްދަލުވުން ފޯރުކޮށްދެވޭހާ ޖާގައިގެ ކުޑަ ތަނެއް ކަމަށެވެ.
ނަމަވެސް މިހާރު ތަރައްގީކޮށް ހުޅުވި ތަނުގައި ފަހަރަކު ތިން ގައިދީންނަށް އެމީހުންގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް އެމްސީއެސް އިން ވިދާޅުވިއެވެ.---އަދި ބައްދަލުވުމަށް އާއިލާއާއެކު ޖަލަށް އަންނަ ކުޑަކުދިން ވާހަކަ ކިޔުމާއި ކުޅުމަށް ޚާއްސަ ކިޑްސް ކޯނަރއެއްގެ އިތުރުން ބައްދަލުކުރާ ގެއާ އިންވެގެން އިވެއިޓިންގ ރޫމެއް ވެސް ގާއިމްކޮށްފައިވެއެވެ. މި ވެއިޓިންގ ރޫމް ބޭނުންކުރާނީ އާއިލާއިން ބައްދަލުކުރުމަށް ހާޟިރުވާ މީހުން މަޑުކުރުމަށާއި އެހެނިހެން ކަންކަމުގައި ޖަލަށް ޒިޔާރަތްކުރާ މީހުން މަޑުކުރުމަށްކަމަށް އެމްސީއެސްއިން ވިދާޅުވިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރަސްމީކޮށް އެ ގެ ހުޅުވައިދެއްވީ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ކަރެކްޝަންގެ މުވައްޒަފުން ޕެޓިޝަން ހުށަހެޅީ އެކަމުގެ މަސައްކަތް ކުރިއަށްދަނިކޮށް
7 މަސް ކުރިން
ހިޔާނާތުގެ ތުހުމަތު ކުރެވުނު އާސިފް ސަސްޕެންޑްކޮށްފި
6 މަސް ކުރިން
ހާޝިމް ގޭގައި ބަހައްޓާފައި ހުރީ ވަގުތީގޮތުން ޑޮކްޓަރުގެ ލަފަޔާއިއެކު: ކަރެކްޝަންސް
5 މަސް ކުރިން.jpg&w=3840&q=75)