logo
Bank of Maldives

Bank of Maldives

ދުނިޔެ

ލުބުނާނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ނަތަންޔާހޫ ރުހުންދީފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
26 ނޮވެމްބަރު 2024 - 06:34
 އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ---- ފޮޓޯ/އަލް ޖަޒީރާ
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ---- ފޮޓޯ/އަލް ޖަޒީރާ

އިސްރާއީލުން ލުބުނާނުގައި ކުރާ ހަނގުރާމަ ހުއްޓައިލުމަށް ހުށަހަޅައިފައިވާ އެއްބަސްވުމަށް އެގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ރުހުން ދީފިއެވެ.

ހަރުކަށި ނަތަންޔާހޫގެ އަމުރަށް އިސްރާއީލުން ލުބުނާނުގައި ކުރާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވަޒީރުންގެ މަޖިލީހުގައި އަންގާރަ ދުވަހު ވޯޓަށް އަހަން ހަމަޖެހިފައިވަނީ އެ ޕްލޭނަށް "އުސޫލެއްގެ ގޮތުން" ރުހުން ދިނުމާ ގުޅިގެން ކަމަށް ތަރުޖަމާނު ވަނީ ކަށަވަރުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް އެ އެއްބަސްވުމުގެ ބައެއް ތަފުސީލުތަކާ މެދު އިސްރާއީލުގެ ޝައްކުތަކެއް އަދިވެސް އެބަހުރި ކަމަށާއި އެ ތަފްސީލުތައް މިއަދު ލުބުނާން ސަރުކާރަށް ފޯރުކޮށްދޭނެ ކަމަށް ބެލެވޭކަމަށް ވެސް އެ ފަރާތުން މައުލޫމާތު ދެއެވެ. އެގޮތުން އެކަންކަމާ އެހެނިހެން ތަފުސީލުތަކާބެހޭ ގޮތުން އަދިވެސް މަޝްވަރާ ކުރަމުންދާއިރު، ހުރިހާ މައްސަލަތަކެއްގެ ހައްލު ލިބެންދެން އެއްބަސްވުން ފައިނަލް ނުވާނެ ކަމަށް ވެސް ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިސްރާއީލުގެ ކެބިނެޓުން ފާސްކުރަން ޖެހޭނެ ކަމަށާއި އެކަން އަދި ނިމިފައި ނުވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

މަޝްވަރާތަކާބެހޭ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނީ މަޝްވަރާތައް އެއްބަސްވުމާ އެއްކޮޅަށް ކުރިއަށްދާ ކަމަށް ފެންނަ ނަމަވެސް އިސްރާއީލާއި ހިޒްބުالله އިން އަދިވެސް ހަމަލާތައް ބަދަލުކުރަމުންދާތީ، އެއްބަސްވުމަކަށް ނުދިއުން ވެސް އެކަށީގެންވާ ކަމަށެވެ.

މަޝްވަރާތަކުގައި އަމަލީ ގޮތުން ބައިވެރިވާ އެމެރިކާގެ މަންދޫބު އަމޯސް ހޮޗްސްޓެއިން މިދިޔަ ހަފުތާގައި ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ދެ ފަރާތުގެ ހިޔާލު ތަފާތުވުންތައް ކުޑަވެފައިވާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުން އަދި ފައިނަލް ނޫން ކަމަށް ބުނެ، އކަމަށް ސަމާލުވެއްލަންޖެހޭކަން ފާހަގަ ކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސެރް ހޮސްޕިޓަލަށް ދިން ޙަމަލާއަކީ ގަސްތުގައި ދިން ޙަމަލާއެއް ކަމަށް ހިއުމަން ރައިޓްސް ޖަމްޢިއްޔާއިން ބުނެފިދުނިޔެ | 23 ދުވަސް ކުރިންފާއިތުވި 24 ގަޑިއިރު: އިޒްރޭލުގެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ޝަހީދުން، 8 ކުއްޖަކު ބަނޑަށް މަރުވެއްޖެދުނިޔެ | 24 ދުވަސް ކުރިންޔަހޫދީން ލުބުނާނަށް ހަމަލާދޭން ފަށައިފި ޚަބަރު | 3 މަސް ކުރިންއިޒްރޭލުގެ ނިރުބަވެރިކަން އިންތިހާއަށް: "ޖެންޑާ ރިވީލް ޕާޓީއަކަށް" ގޮއްވާލީ ޣައްޒާގެ ޢިމާރާތެއްދުނިޔެ | 4 މަސް ކުރިން