logo
ކުޅިވަރު

ވިނީޝިއަސްގެ އަނިޔާއާއި ގުޅިގެން ލިވަރޕޫލްގެ ސަޕޯޓަރުންނަށް އުފާވެރިކަން

އަބްދުﷲ ޣާނިމް
26 ނޮވެމްބަރު 2024 - 08:07
ވިނީޝިއަސް ޖޫނިއަރ. ފޮޓޯ: ގެޓީ އިމޭޖެސް
ވިނީޝިއަސް ޖޫނިއަރ. ފޮޓޯ: ގެޓީ އިމޭޖެސް

ޔުއޭފާ ޗެންޕިއަންސް ލީގުގައި ބުދަދުވަހުގެ ރޭގައި ލިވަރޕޫލާއި ދެކޮޅަށް ރެއާލް މެޑްރިޑު ނިކުންނައިރު މެޑްރިޑުގެ އެންމެ މޮޅުކުޅުންތެރިޔާ ވިނީޝިއަސް އަށް އަނިޔާވުމުގެ ސަބަބުން ނުކުޅެވޭއެވެ. އެހެންކަމުން މިއީ ލިވަރޕޫލްގެ ގިނަ ސަޕޯޓަރުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވާނެފަދަ ޚަބަރެކެވެ. އެއީ ޗެންޕިއަންސް ލީގުގައި ފަހުގެ ތާރީޚެއްގައި ލިވަރޕޫލަށް އެންމެ ގިނަ ދޯކާދީފައިވާ ކުޅުންތެރިޔަކީ ވިނީޝިއަސް ޖޫނިއަރ އެވެ.

ލިވަރޕޫލް މެޑްރިޑާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައިނެތެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޗެންޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ވިނީޝިއަސްގެ ދެގޯލާއެކު އެޓީމުވަނީ ވަނީ މުބާރާތުން ކަޓުވާލާފައެވެ. އަދި 2022 ވަނަ އަހަރުގެ ޗެންޕިއަންސް ލީގުގެ ފައިނަލުގައި ލިވަރޕޫލާއި ދެކޮޅަށްކުޅެ ވިނީޝިއަސްގެ ގޯލުން ރެއާލް ވަނީ ތަށިނަގާފައެވެ. އަދި 2023 ވަނަ އަހަރުގެ ޗެންޕިއަންސް ލީގުގެ ރައުންޑްއޮފް 16 ގައި ލިވަރޕޫލުގެ އަމިއްލަ ދަނޑުގައި ކުޅެ ވިނީޝިއަސްގެ ދެ ގޯލާއެކު ލިވަރޕޫލުވަނީ މުބާރާތުން ކަޓުވާލާފައެވެ. ޗެންޕިއަންސް ލީގުގައި ވިނީޝިއަސް އެންމެ ގިނަ ގޯލު ޖަހާފައިވަނީވެސް ލިވަރޕޫލާދެކޮޅަށެވެ. އެގޮތުން އޭނާ ވަނީ ލިވަރޕޫލާ ދެކޮޅަށް 5 މެޗު ކުޅެ 5 ގޯލާއި 2 އެސިސްޓް ހަދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިނީޝިއަސް އަށް އަނިޔާވެފައިވަނީ ސްޕެނިޝް ލަލީގާގައި ރެއާލް އެންމެފަހުން ލެގަނޭސް އައި ބައްދަލުކުރިމެޗަސް ފަހުގައެވެ. މި އަނިޔާއާއި ގުޅިގެން ގާތްގަނޑަކަށް މަހަކާއި ގާތަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މެޑްރިޑުން އުއްމީދުކުރަނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައު ކުޅޭ ފީފާ އިންޓަރ ކޮންޓިނެންޓަލް ކަޕުގެ ފައިނަލް މެޗަށް ވިނީޝިއަސް ފިޓުވާނެކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއޭއާރު ހެޓްރިކުންވެސް ވިނީ ނުހުއްޓުވޭ، ތިން މެޗުން ތިން މޮޅުކުޅިވަރު | 5 ދުވަސް ކުރިންޗެމްޕިއަންސް ލީގު ގުރުލައިފި: އާނޯލްޑް އެންފީލްޑަށް، ޔަމާލް އާއި ޑެމްބެލޭ ގަދަހިފުމަކަށްކުޅިވަރު | 8 ދުވަސް ކުރިންބްރެޒިލްގެ ސްކޮޑް އިޢުލާން ކޮށްފި، ނޭމާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަކަށް ޖާގައެއް ނެތްކުޅިވަރު | 10 ދުވަސް ކުރިންރެއާލްގެ އެނބުރިއައުން މާބޮޑު ތަފާތެއް ނުފެނޭ، ޕެނަލްޓީއަކުން ތިން ޕޮއިންޓްކުޅިވަރު | 16 ދުވަސް ކުރިން