logo
ޚަބަރު

އައު އަހަރަށް 2.4 މިލިއަން ޓޫރިސްޓުންގެ ގެނައުމުގެ އަމާޒެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ނޮވެމްބަރު 2024 - 15:26
އައު އަހަރަށް 2.4 މިލިއަން ޓޫރިސްޓުންގެ ގެނައުމުގެ އަމާޒެއް

އަންނަ 2025 ވަނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން ގެންނަން އަމާޒުހިފާފައިވާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވީ، ރާއްޖެއަށް އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ގެންނަން އަމާޒު ކަނޑައަޅާފައިވާކަމަށެވެ.

މިހާރު ކުރެވޭ މަސައްކަތްތަކާއެކު އަންނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ފާގަތި އަހަރަކަށްވާނެކަން ފާހަގަކުރަށްވައި، ޓޫރިޒަމްގެ ބޮޑެތި މާކެޓްތަކުން ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ފައިސަލް ވިދާޅުވީ އާ މާކެޓްތަކުގައި ޓޫރިޒަމް އިސްތިހާރުކޮށް އަންނަ އަހަރު ފަތުރުވެރިންގެ އަދަދު 2.4 މިލިއަނަށް އެރުވުމަކީ އަމާޒެއް ކަމަށެވެ.

ރާއްޖެއަށް މި އަހަރު ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މިހާތަނަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރު ޒިޔާރަތްކުރާނެކަމަށް އަންދާޒާކޮށްފައިވާ ޓޫރިސްޓުންގެ އަދަދަކީ 2.2 މިލިއަން އެވެ.

ރާއްޖޭގައި މި ވަގުތު ޓޫރިޒަމަށް ޖުމްލަ 1،242 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 171 ރިސޯޓާއި 902 ގެސްޓްހައުސް އާއި 155 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ. މިތަންތަނު އެނދުގެ އަދަދަކީ 62،690 އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ އަމާޒު ހާސިލުކުރުމަށް ދެން ބޭނުންވަނީ 8 ލައްކަ ފަތުރުވެރިންޚަބަރު | 13 ގަޑިއިރު ކުރިންރައީސްގެ ވައުދުފުޅާ އެއްގޮތަށް، މޯލްޑިވިއަނުން އެފްއައިޓީ ޓީކެޓުގެ އަގުހެޔޮކޮށްފިވިޔަފާރި | 4 ދުވަސް ކުރިންރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.4 އިންސައްތައިން އިތުރުވެއްޖެޚަބަރު | 5 ދުވަސް ކުރިންއެމްޔޫ މަނިކުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އަސްރު ނަމާދަށްފަހުޚަބަރު | 7 ދުވަސް ކުރިން