logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ވިދާޅުވެދެއްވީ، ޑޮލަރު މާރުކުރުމުގެ ސަބަބުން ލިބޭނެ ފަސޭހަތައް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
27 ނޮވެމްބަރު 2024 - 09:28
ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު  ---ފޮޓޯ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު ---ފޮޓޯ ރައީސް އޮފީސް

ރިސޯޓުތަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ބޭންކަށް މާރުކުރަން މަޖުބޫރު ކުރުމުގެ ސަބަބުން ރާއްޖޭގެ އާންމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބޭނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާއި ބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި، އެ ގަވާއިދު އެކުލަވާލި ކަމަށްޓަކައި އެމްއެމްއޭއަށް އަދާކުރައްވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު ވިދާޅުވީ، މި މަހުގެ 17 ގައި އެމަނިކުފާނު ވިދާޅުވި ބީދާއިން، ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއް ކަމަށާއި، އެޤާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވޭނެކަން ޔަގީން ކުރެވޭނެ ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ވެސް، ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު ޢާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ބަދަލުތަކުގެ ސަބަބުން އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބޭނެއެވެ.

އެގޮތުން ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް ހެދި، ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދިނުމުގެ އިތުރުން، ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ވެސް އިތުރުވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ހެޔޮ ބަދަލެއް އަތުވެއްޖެ: މިނިސްޓަރ ސައީދުޚަބަރު | 3 ގަޑިއިރު ކުރިންނަސޭޙަތާއި ޒިކުރުގެ ބޯޑު ހަރުކުރުމުގެ ޤައުމީ މަޝްރޫޢު މާލެ އަތޮޅުގެ ރަށްތަކުން ފަށައިފިޚަބަރު | 9 ގަޑިއިރު ކުރިން‘’ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން’’ޚަބަރު | 10 ގަޑިއިރު ކުރިން ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރައީސް މުޢިއްޒު އަޅުއްވައިދެއްވައިފިޚަބަރު | ދުވަހެއް ކުރިން