logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ޔުއޭފާ ޗެންޕިއަންސް ލީގު: 15 އަހަރުފަހުން ލިވަރޕޫލުން މެޑްރިޑް ކިބައިން ބަދަލުހިފައިފި

އަބްދުﷲ ޣާނިމް
28 ނޮވެމްބަރު 2024 - 04:04
ރޭގެ މެޗުގައި ގަކްޕޯ ލަނޑުޖަހަނީ. ފޮޓޯ: ލިވަރޕޫލް އެފް.ސީ
ރޭގެ މެޗުގައި ގަކްޕޯ ލަނޑުޖަހަނީ. ފޮޓޯ: ލިވަރޕޫލް އެފް.ސީ

ޔުއޭފާ ޗެންޕިއަންސްލީގުގައި ރޭގައި ލިވަރޕޫލާއި މެޑްރިޑް ބައްދަކުރި މެޗު ލިވަރޕޫލް ކާމިޔާބުކޮށްފިއެވެ. ލިވަރޕޫލުގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ލިވަރޕޫލުން ވަނީ ރޭގެ މެޗުގެ ބޮޑުބައެއް ކޮންޓްރޯލްކޮށްގެން ކުޅެ ނުރައްކާތެރި ގިނަ ހަމަލާތަކެއް މެޑްރިޑްގެ ގޯލަށް ފޮނުވާލާފައެވެ. އެގޮތުން ލިވަރޕޫލުގެ ފުރަތަމަ ގޯލުޖެހީ އާރޖެންޓީނާ ގެ މިޑްފީލްޑަރ މެކަލިސްޓަރ އެވެ. މެޗުގެ ނަތިޖާ ހަމަކުރުމަށް މެޑްރިޑަށް ލިބުނު ފުތުސަތު ވަނީ ގެއްލުވާލާފައެވެ. އެގޮތުން 61 ވަނަ މިނެޓުގައި އެމްބާއްޕޭ ޖެހި ފެނަލްޓީ ލިވަރޕޫލުގެ ގޯލް ކީފަރު ވަނީ ދިފާއުކޮށްފައެވެ. އަދި 70 ވަނަ މިނެޓުގައި ލިވަރޕޫލަށް ލިބުނު ޕެނަލްޓީ ވެސް ސަލާޙު ވަނީ ބޭރަށްޖަހާފައެވެ. ލިވަރޕޫލުގެ ފަހުގޯލަކީ ދެވަނަ ހާފުގައި ކުޅެއް ނިކުތް ގަކްޕޯ 76 ވަނަ މިނެޓުގައި ޖެހި ގޯލެކެވެ.

 

ރޭގެ މެޗަކީ ލިވަރޕޫލުން ރެއާލް އާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު 9 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. އެގޮތުން ރެއާލް މެޑްރިޑުން ވަނީ 2018 އާއި 2022 ގައި މުބާރާތުގެ ފައިނަލުގައި ލިވަރޕޫލް ބަލިކޮށް 2021 ވަނަ އަހަރާއި 2023 ވަނަ އަހަރު ލިވަރޕޫލު ނޮކްއައުޓް ސްޓޭޖުން މުބާރާތުން ބޭރުކޮށްފައެވެ. މިއީ 2009 ގެ ފަހުން ލިވަރޕޫލުން މެޑްރިޑް އާ ދެކޮޅަށް ކުޅެ ބަލިވުމުގެ ސިލްސިލާ ނިމުމަކަށް ގެނެވުނުމެޗެކެވެ. ރޭގެ މެޗުގައި ރެއާލްމެޑްރިޑްގެ ފުރަތަމަ 11 ގެ 6 ކުޅުންތެރިޔެއް އަނިޔާގެ ސަބަބުން ނުކުޅެއެވެ.

 

ރޭގެ މޮޅާއެކު ލިވަރޕޫލު ވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 15 ޕޮއިންޓާއެކު ތާވަލުގެ 1 ވަނައިގައެވެ. މި މޮޅާއެކު އެޓީމުން ވަނީ ގަދަ 8 ގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މެޑްރިޑް އޮތީ ކުޅުނު 5 މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ 24 ވަނައިގައެވެ. މިއީ ގަދަ 16 ނޮކްއައުޓް ސްޓޭޖަށް ކޮލިފައިވާ އެންމެ ދަށް ރޭންކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެލިގޭޝަނުގައި އޮތް ޓީމެއް އަތުން މެޑްރިޑް ބަލިވެ ލީގުހޯދުމުގެ އްމީދު ފަނުފުލަށްކުޅިވަރު | 8 ގަޑިއިރު ކުރިންސިޓީ ދޫކޮށް ރެއާލް އަށް ގޮސްފާނެކަމުގެ ބިރަށްޓަކައި ރޮޑްރީއަށް ބޮޑު މުސާރައެއް ހުށަހަޅައިފިކުޅިވަރު | 2 ދުވަސް ކުރިންއިނދަޖެހިދާނެކަމުގެ ބިރުހީވެފައިވާ ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިޔާ މެޑްޜިޑްއާއި ފްލާރޓް ކުރަނީ، ކުޅުންތެރިން ރަތަށްކުޅިވަރު | 2 ދުވަސް ކުރިންރެއާލްގެ އެކަޑެމީ ކުޅުންތެރިއެއްގެ ސޮއި ހޯދުމަށް ބާސެލޯނާއާއި ރެއާލް ގަދަހިފުމަކަށް ކުޅިވަރު | 5 ދުވަސް ކުރިން