logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުގެ ގިނަ ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކެބިނެޓުން ނިންމައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
1 ސެޕްޓެމްބަރު 2024 - 11:18
އެމްއޭސީއެލް އިން ހިންގާ ވެލާނާ އެއާޕޯޓު، އެމްއޭސީއެލްއާ އާރްއޭސީއެލް އެއްކޮށްލުމަށް ވަނީ ނިންމާފައި -- ފޮޓޯ./ އެމްއޭސީއެލް
އެމްއޭސީއެލް އިން ހިންގާ ވެލާނާ އެއާޕޯޓު، އެމްއޭސީއެލްއާ އާރްއޭސީއެލް އެއްކޮށްލުމަށް ވަނީ ނިންމާފައި -- ފޮޓޯ./ އެމްއޭސީއެލް

ސަރުކާރުގެ ގިނަ ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ބަދަލުތައް އިއުލާނުކުރެއްވީ އިގްތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރީޖަނަލް އެއާޕޯޓުތައް ބަލަހައްޓާ ކުންފުނި، އާރްއޭސީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެއް ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ ބަދަލުގެ ސަބަބުން އިތުރު އަށް އެއާޕޯޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި، މިދިޔަ ސަރުކާރުން އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެނައުމަށް ނިންމާފައިވާއިރު، މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އެއްކުރުމަށް ވެސް މަޝްވަރާކުރެވުނު ކަމުގައި ވަޒީރު ވިދާޅުވިއެވެ.

އެހެން ނަމަވެސް، ބީސީސީ މިހާރު ވެސް ހިންގާ ގޮތަށް ކުރިއަށް ގެންދާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ ސަރުކާރުން އުފެއްދި އެގްރޯ ނެޓްގެ މަސައްކަތް، މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކޮމްޕެނީ (މިޑްއެފްސީ)ގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ވެސް ކެބިނެޓުން ވަނީ ނިންމާފައެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނިތައް ކަމަށްވާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަދި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ވެސް އެއްކޮށް، ރާއްޖޭގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަކާ މެދު އިތުރަށް މަޝްވަރާކުރަން ވެސް ކެބިނެޓުގައި ނިންމުނު ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކެބިނެޓުގައި މިއަދު މަޝްވަރާކުރީ، ސަރުކާރުގެ ޚަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން އެސްއޯއީ ރީފޯމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެ މަސައްކަތުގެ ތެރެއިން ފެނަކަ ކޯޕަރޭޝަން، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުގެ ޢަދަދު އިތުރުވަނީޚަބަރު | 5 ގަޑިއިރު ކުރިންވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިންރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިޚަބަރު | 16 ދުވަސް ކުރިންވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފިޚަބަރު | މަހެއް ކުރިން