ނިއުރޭޑިއަންޓަށް ވަނުމުގެ ފުރުސަތު ކުރިއަށްއޮތް ދުވަސްތަކުގައި ހުޅުވާލާނެކަން އިޢުލާންކޮށްފި
![ނިއުރޭޑިއަންޓްގެ ޗެއަރމަން އަހުމަދު މުބީން، ފޮޓޯ--/ ޢެޑިޝަން އެމްވީ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2F384268_3_5c366c63660a50b5a36ca25e0be9fa8fc844b525_medium.jpg&w=3840&q=75)
ނިއުރޭޑިއަންޓްގެ ޗެއަރމަން އަހުމަދު މުބީން، ފޮޓޯ--/ ޢެޑިޝަން އެމްވީ
![މަރިޔަމް ޔަނާ އަލީ](/_next/image?url=%2Fuser.jpg&w=3840&q=75)
28 ނޮވެމްބަރު 2024 - 12:43
ނިއުރޭޑިއަންޓް މިހާރު އޮތް ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާ އެ ކްލަބަށް ކުޅުންތެރިން ހޯދުމަށް ފުރުސަތު ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުވާލާނެ ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން އިޢުލާންކޮށްފި އެވެ.
މިކަން ހާމަކުރީ މިއަދު އެ ކްލަބުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިއުރޭޑިއަންޓްގެ ޗެއަރމަން އަހުމަދު މުބީންއެވެ.ނިއުރޭޑިއަންޓްގެ ޗެއަރމަން އަހުމަދު މުބީން ވިދާޅުވީ، ޓީމު އެކުލަވާލުމުގެ މަސައްކަތް ފަށާއިރު ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ކުޅުންތެރިންނަށް ނިއުރޭޑިއަންޓަށް ވަނުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި މިކަމަށްޓަކައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި މީޑިއާތައް މެދުވެރިކޮށް ނިއުރޭޑިއަންޓާ ގުޅުމުގެ ފުރުސަތު ހުޅުވިގެންދާނެ ގޮތް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުން ގެންދާނެ ކަމަށްވެސް މުބީން ވިދާޅުވިއެވެ.
މީގެ އިތުރުން، ޓީމަށް ކޯޗެއް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، މިހާރު ދެތިން ފަރާތަކާ ވާހަކަދައްކައި ޝޯޓްލިސްޓްވެސް ކޮށްފައިވާ ކަމަށް ޗެއަރމަން ހާމަކުރެއްވިއެވެ. އަދި މި މަސައްކަތް މިހާރު ވަރަށް ހަލުވިކޮށް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ނިއުރޭޑިއަންޓަށް ލިބުނު ގެއްލުން ދިނީ ބަޔަކު ގަސްތުގައި ކްލަބުގެ އަގުވައްޓާލަން ކަމަށާ ނިއުރޭޑިއަންޓާއި ދޭތެރޭ އަމަލު ކުރީ ވަރަށް ބޭއިންސާފުން ކަމަށް މުބީން ވިދާޅުވި އެވެ.އެކަންކަމުން އަރައިގަނެ ޓީމު އަނެއްކާވެސް ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މުބީން ވިދާޅުވި އެވެ. އެގޮތުން ޓީމަށް ކުޅުންތެރިންނާއި ކޯޗުން ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށް މުބީން ވިދާޅުވި އެވެ.
ނިއުރޭޑިއަންޓަކީ އާދައިގެ ކްލަބެއް ނޫން ކަމަށާއި، ކްލަބާ ހަވާލުވި ހިސާބުން އެތައް ސަތޭކަ މެސެޖުތަކެއް ލިބެމުންދާ ކަމަށް ޗެއަރމަން ފާހަގަކުރެއްވިއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ނިއުރޭޑިއަންޓްގެ ސަޕޯޓަރުން ބޭނުންވާ ސުވާލުތަކަށް ޖަވާބުދިނުން ކަމަށްވެސް މުބީން ވިދާޅުވިއެވެ.
އެކަންކަމުން އަރައިގަނެ ޓީމު އަނެއްކާވެސް ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މުބީން ވިދާޅުވި އެވެ. އެގޮތުން ޓީމަށް ކުޅުންތެރިންނާއި ކޯޗުން ހޯދުމުގެ މަސައްކަތް ފަށަފައިވާ ކަމަށް މުބީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގަ އަޅުގަނޑުމެންނަށް ޓީމެއް އެކުލަވާލެވި ޓީމުގެ ޕްރެކްޓިސް ފެށުން". ޗެއަރމަން އަހުމަދު މުބީން ވިދާޅުވިއެވެ.
އިތުރު ލިޔުންތައް
![ރައީސްގެ އިންޑިއާ ދަތުރުފުޅަކީ އިދިކޮޅު ފަރާތްތަކަށް މާޔޫސްކަން ގެނުވި ދަތުރެއް: މުބީން](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F10%2FMubeen%201.jpg&w=3840&q=75)
ރައީސްގެ އިންޑިއާ ދަތުރުފުޅަކީ އިދިކޮޅު ފަރާތްތަކަށް މާޔޫސްކަން ގެނުވި ދަތުރެއް: މުބީން
4 މަސް ކުރިން![މުބީން އައު ކުރެއްވީ ޔާމީން ޖަލުން މިނިވަން ކުރަން ކުރެއްވި މަސައްކަތުގެ ހަނދާން](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F10%2Fphoto_2024-10-16_11-27-32.jpg&w=3840&q=75)
މުބީން އައު ކުރެއްވީ ޔާމީން ޖަލުން މިނިވަން ކުރަން ކުރެއްވި މަސައްކަތުގެ ހަނދާން
4 މަސް ކުރިން![އައި ފޯނު އެތެރެކުރިކަމަށް ބުނެ ފެތުރީ އަބުރު ކަތިލުމުމަށް ދޮގު ޚަބަރެއް: މުބީން](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F10%2Fphoto_2024-10-20_07-31-52.jpg&w=3840&q=75)
އައި ފޯނު އެތެރެކުރިކަމަށް ބުނެ ފެތުރީ އަބުރު ކަތިލުމުމަށް ދޮގު ޚަބަރެއް: މުބީން
3 މަސް ކުރިން![21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުންމަނާކުރަން ރައީސް ނިންމެވީ މުހިންމު ނިންމެވުމެއް: މުބީން](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F10%2Fphoto_6098115689689760038_y.jpg&w=3840&q=75)