logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލެސްޓަރސިޓީގެ ކޯޗުކަމަށް ނިސްޓެލްރޯއީ ހަމަޖައްސަނީ

އަބްދުﷲ ޣާނިމް
28 ނޮވެމްބަރު 2024 - 12:58
ވެން ނިސްޓެލްރޯއީ
ވެން ނިސްޓެލްރޯއީ

ޕްރިމިއަރ ލީގުގައި ވާދަކުރާ ލެސްޓަރ ސިޓީގެ ހެޑް ކޯޗުކަމަށް ކުރީގެ މެންޗެސްޓަރ ޔުނައިޓެޑް ސްޓްރައިކަރ ރޫޑް ވަން ނިސްޓެލްރޯއި ހަމަޖެހިދާނެ ކަމަށް ރިޕޯޓްތައް ބުނަންފށައިފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ލެސްޓަރ ސިޓީ އާއި ވަން ނިސްޓެލްރޯއި އާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ކިންގް ޕަވަރ ސްޓޭޑިއަމްގައި ސްޓީވް ކޫޕަރގެ ބަދަލުގައި ޑަޗް ކޯޗު ގެނައުމަށް އެއްބަސްވުމަކަށް އާދެވޭނެކަމުގެ އުއްމީދު އިތުރުވަމުންދާ ކަމަށް މި މަޞްދަރުތަކުން ބުނެއެވެ.

ލެސްޓަރ ގެ ކޯޗުކަމުން ވަކިކުރި ކޫޕަރ މި މަޤާމުގައި ހުރީ އެންމެ 15 މެޗަށެވެ. އޭނާ މި މަޤާމަށް އައީ މިދިޔަ އަހަރުގެ ކުރީކޮޅު އެންޒޯ މަރެސްކާ ޗެލްސީގެ ކޯޗުކަމަށް ދިއުމާ ގުޅިގެންނެވެ.


2022 އިން 2023 އަށް އެއް އަހަރު ދުވަހު ޕީއެސްވީ އައިންޑްހޯވަން ކޯޗުކޮށްފައިވާ ވަން ނިސްޓެލްރޯއި ވަނީ އެރިކް ޓެން ހާގް ވަކިކުރުމާއި ރޫބެން އަމޮރިމް އައުމާ ދެމެދު ކުޑަ މުއްދަތަކަށް މެންޗެސްޓަރ ޔުނައިޓެޑްގެ ވަގުތީ ކޯޗުކަން ވެސް ކޮށްފައެވެ. އަދި މިމުއްދަތުގެ ތެރޭގައި އޭނާވަނީ އިނގިރޭސި ލީގުގައި ފައިހަމަކުރެވިދާނެކަން ސާބިތުކޮށްދީފައެވެ. އެގޮތުން މެންޗެސްޓރގެކޯޗުކަމުގައި އެންމެފަހު މެޗުގައި ނިސްޓެލްރޯއީ ގެ އިރުޝާދުގެދަށުން ލެސްޓރސިޓީ ވަނީ ބަލިކޮށްފައެވެ.

ލެސްޓަރ ސިޓީގެ ދެން އޮތް މެޗަކީ މި ހޮނިހިރު ދުވަހު ބްރެންޓްފޯޑާ ކުޅޭ މެޗެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްރިމިއާ ލީގު ކާމިޔާބުކުރިތާ 10 އަހަރު ފަހުން ލެސްޓާ ސިޓީ ތިންވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެކުޅިވަރު | 2 މަސް ކުރިންފަހުވަގުތުގެ ގޯލާއެކު ޗެލްސީ ހިފަހަށްޓައިފިކުޅިވަރު | 9 މަސް ކުރިންއާސެނަލް އަދި ޓޮޓްނަމް ޕްރީމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށްކުޅިވަރު | 9 މަސް ކުރިންސެޓްޕީސް އެފްސީ ހިލޭޖެހުމެއްގެ ދަށުވެ ސައިޒަށްކުޅިވަރު | 10 މަސް ކުރިން