މިއަދު ވެސް ނުސައިރަތް ކޭމްޕްއަށް ބޮން އަޅައި، 29 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުގެ ފައިޓާ ޖެޓަކުން ޙަމަލާދެނީ -- ފޮޓޯ: ގެޓީ އިމޭޖެސް
.jpg&w=3840&q=75)
29 ނޮވެމްބަރު 2024 - 06:36
ނިރުބަވެރި އިސްރާއީލީ ދައުލަތުން، ޣައްޒާގެ މެދު ތެރޭގައި ހުންނަ ނުސެއިރަތް ކޭމްޕްއަށް މިއަދު ވެސް ބޮން އަޅައި، 29 މީހަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، އިއްޔެ އިން ފެށިގެން އިސްރާއީލުގެ ހަނގުރާމައިގެ ޖެޓުތަކުން ގެންދަނީ ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސެއިރަތް ކޭމްޕްއަށް ވަރަށް ގަދައަށް ބޮން އަޅަމުންނެވެ. އެގޮތުން މިއަދު އެޅި ބޮންތަކުގައި އެކަނި ވެސް، 29 މީހަކު ޝަހީދުކޮށްލައިފައިވާ ކަމުގައި އެ މަސްދަރުތަކުން ބުންޏެވެ.
އިއްޔެ އިން ފެށިގެން އަނެއްކާ ވެސް ޣައްޒާއަށް ވަރުގަދަ ޙަމަލާތަކެއް ދެމުންދާއިރު، ފާއިތުވި ދެ ދުވަހެއްގެ ތެރޭގައި ޣައްޒާގެ މީހުން ދިރިއުޅޭ ޢިމާރާތްތަކަށާއި ގެތަކަށާއި، މިސްކިތްތަކަށާއި އެހެނިހެން ޢާންމު ތަންތަނަށް އަމާޒުކޮށް ބޮމުގެ ޙަމަލާތައް ދަނީ ދެމުންނެވެ. އެގޮތުން އިއްޔެ ވެސް ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށް ޙަމާދީ، އިސްރާއީލުން ވަނީ އެއް އާއީލާއެއްގެ ފަސް މީހަކު ޝަހީދުކޮށްލާފައެވެ.
އިސްރާއީލުން ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، ޣައްޒާގެ ސަލާމަތީކަންކަން ބަލަހައްޓާ ހަމާސް ޖަމާއަތުން ވަނީ، ހަމަލާތައް ހުއްޓާލުމަށް އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. އަދި މިއަދަކީ ފަަލަސްތީނުގެ ރައްޔިތުންގެ ޙައްގުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަމުގެ ދުވަސް ވެސް މެއެވެ.
އިތުރު ލިޔުންތައް

އިސްރާއީލުން ހިންގަނީ ނަސްލު ނައްތާލުމުގެ ޢަމަލެއް، އޭގެން ފެންނަނީ އިންތިހާ ނާއިންސާފު: ރައީސް
10 މަސް ކުރިން
އިސްރާއީލުން ނުސެއިރަތް ރެފިއުޖީ ކޭމްޕަށް އަނެއްކާ ވެސް ޙަމަލާދީ، ހަތަރު މީހަކު މަރާލައިފި
9 މަސް ކުރިން
ލައިވް: މެދުއިރުމަތި ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައި
9 މަސް ކުރިން