logo
Bank of Maldives

Bank of Maldives

ޚަބަރު

އެންސްޕާއަށް ކުރާ ތުހުމަތު ދޮގުކޮށް އަވަސް ތަހުގީގެއް ހިންގައިދިނުމަށް އެދިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
29 ނޮވެމްބަރު 2024 - 19:55
އެންސްޕާއަށް ކުރާ ތުހުމަތު ދޮގުކޮށް  އަވަސް ތަހުގީގެއް ހިންގައިދިނުމަށް އެދިއްޖެ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ގުޅުވައި ޝޯސަލް މީޑިއާގައި ކުރަމުންއަންނަ ތުހުމަތުދޮގުކޮށް، އެ މައްސަލާގައި އަވަސް ތަހުގީގެއް ހިންގައިދިނުމަށް އެ އޭޖެންސީގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިރޭ އެދެފިއެވެ.

ސޯޝަލްޑިއާގައި އެ އޭޖެންސީ ހިންގަން އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާ ކުރިކަމަށް ބުނެ އަންނަނީ އަޑުފަތުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންސްޕާއިން މިރޭ އޭސީސީއަށް ފޮނުވި ސިޓީއެއްގައި ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އެ އޭޖެންސީ އަށް އިމާރާތެއް ހޯދުމާއި ގުޅުވައިގެން ބައެއް ނޫސްތަކުން ޙަޤީޤަތާއި ޚިލާފް ވާހަކަތައް ފަތުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

އެންސްޕާގެ ސިޓީގައި ބުނެފައި ވަނީ، ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމާއި ގުޅުންހުރި އެންސްޕާ ފަދަ މުއައްސަސާ އަކާއި ގުޅޭގޮތުން އަދި އެ މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭގޮތަށް މައުލޫމާތު ފަތުރަމުންދާތީ އެކަމާއި ގުޅޭ މިނިވަން ތަޙްޤީޤެއް ވީއެންމެ އަވަހަކަށް ހިންގައި، އެކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ އެ އޭޖެންސީގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

އެހެންކަމުން މިކަމާއި ގުޅިގެން އޭސީސީގެ ފުރިހަމަ ތަޙްޤީޤެއް ކުރިއަށް ގެންގޮސްދެއްވުމަށްފަހު އެ ރިޕޯޓު ވީއެންމެ އަވަހަކަށް އެ އެޖެންސީއާއި ހިއްސާކޮށްދެއްވުން އެދޭކަމަށް އެންސްޕާގެ ސިޓީގައި ބުނެފަވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް ޖުމްލަ ހަތް މިލިއަން ވިޔަފާރި | 9 ދުވަސް ކުރިންޕްރައިވެޓް ދެ ހޮސްޕިޓަލަކަށް އެންސްޕާއިން މިދިޔަ މަހު 8 މިލިއަން ރުފިޔާޚަބަރު | 10 ދުވަސް ކުރިންއޮގަސްޓް މަހު އެންސްޕާއިން ބޭސްފަރުވާއަަށް 16 މިލިއަން ރުފިޔާ ޙަރަދުކުރިޚަބަރު | 23 ދުވަސް ކުރިންއެންސްޕާގެ ކައުންޓަރުގެ ހިދުމަތް މިހާރު ދޭނީ މއ. އުތުރުވެހިންޚަބަރު | މަހެއް ކުރިން