logo
Bank of Maldives

Bank of Maldives

ޚަބަރު

އުސޫލު ބަދަލުކުރަނީ ޑަބަލް ޕެންޝަން ނުދޭންކަމަށް ފިނޭންސުން ބުނެފި

އާމިނަތު ޝަފާ
1 ޑިސެމްބަރު 2024 - 07:10
އުސޫލު ބަދަލުކުރަނީ ޑަބަލް ޕެންޝަން ނުދޭންކަމަށް ފިނޭންސުން ބުނެފި

އަމިއްލަ ރިޓަޔަމެންޓް ސްކީމް ހިންގާ ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުން އަލަށް ރިޓަޔަވާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އެލަވަންސްތައް ނުދޭން ނިންމީ ޑަބަލް ޕެންޝަން ނުދެވޭނެ ގޮތަކަށް ނިޒާމު ބަދަލު ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއި ކުރައްވާ ދައުލަތުގެ އިދާރާތަކަށް ފޮނުއްވި ސިޓީއެއްގައި ވަނީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މާލީ ނިޒާމު ހަރުދަނާ ކުރުމަށް ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާކަމަށެވެ. އެގޮތުން އަމިއްލަ ރިޓަޔަމެންޓް ސްކީމު ހިންގާ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް މަހުން މަހަށް ލިބޭ އަދަދު އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހުއްޓާލުމަށް ނިންމާފައިވާކަމަށް ސިޓީގައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތަށް ނިންމި ނަމަވެސް މިމަހުގެ 31 ގެ ނިޔަލަށް ވަޒީފާއިން މުސްކުޅިވެ މަހުން މަހަށް އިނާޔަތް ލިބެމުންދާ މުއައްޒަފުންނަށް އެއްވެސް ބަދަލެއް ނައިސް މަހުންމަހަށް ލިބެމުންދާ އިނާޔަތްތައް ލިބޭނެކަމަށް ސިޓީގައިވެއެވެ.

އެ މިނިސްޓްރީން ބުނީ އަސާސީ ޕެންޝަން ނިޒާމުގެ ބޭރުން ވަކިވަކި އިދާރާތަކާއި މުއައްސަސާތަކުން ހިންގާ ޕެންޝަން ސްކީމުގެ ދަށުން ގަނޑުކޮށް އަދި ހިދުމަތުގެ މުއްދަތަށް ބަލައިގެން މަހުން މަހަށް މުޅި އުމުރަށް ފައިސާ ދިނުމަކީ ޑަބަލް ޕެންޝަން ކަމަށެވެ.


ވަކިވަކި ޕެންޝަން ސްކީމްތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އެބައޮތެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމާޒު ހިފާފައި ވަނީ ދަރަނިތައް މެނޭޖުކުރެވޭނެ ޕްލޭނަކަށްޚަބަރު | 2 ގަޑިއިރު ކުރިންއުސޫލު ބަދަލުކުރަނީ ޑަބަލް ޕެންޝަން ނުދޭންކަމަށް ފިނޭންސުން ބުނެފި ޚަބަރު | އަހަރެއް ކުރިން