logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާޒު ހިފާފައި ވަނީ ދަރަނިތައް މެނޭޖުކުރެވޭނެ ޕްލޭނަކަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ނޮވެމްބަރު 2025 - 11:12
އަމާޒު ހިފާފައި ވަނީ ދަރަނިތައް މެނޭޖުކުރެވޭނެ ޕްލޭނަކަށް

ދައުލަތުގެ ބޮޑު ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ދެއްކޭނެ ގޮތަކަށް ކަންކަން ރޭވުމުގެ މަސައްކަތްތައް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މި މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ދަރަނި މެނޭޖުކުރެވޭނެ ވަރުގަދަ އަދި ދިގު މުއްދަތުގެ ޕްލޭނެއް އެކުލަވާލުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ދިގު މުއްދަތަށް ދަރަނި ނެގުމަށް ހުރި ގޮންޖެހުންތަކުގެ އެންމެ ބޮޑު ސަބަބަކީ، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކާނެ ގޮތުގެ މާބޮޑު ރޭވުމެއް ނެތުމެވެ. އެހެންކަމުން، މިހާރު ދަރަނިތައް ދައްކަން ޖެހިފައިވާއިރު، ގިނަ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ވަނީ ނާޒުކު ހާލަތަކަށް ވެއްޓިފައެވެ.

  1.  "މިސާލަކަށް ދަރަންޏެއްނަގައިފިނަމަ، އަޅުގަނޑު ކުރިން ދެންނެވިހެން 250 މިލިއަން ޑޮލަރު ނެގިއިރު އެދައްކާނެ ގޮތަކަށް ސީދާ ރޭވިފައެއް ނެތް. ހަމައެއާއެކު 250 މިލިއަން ޑޮލަރު، 500 މިލިއަން ޑޮލަރަށް ބަދަލުވެގެންދިއައިރު، އެ 500 މިލިއަން ޑޮލަރު ދައްކާނެ ހަމަ އެއްވެސްގޮތެއް ރޭވިފައެއް ނެތް. އޭގެ ނަތީޖާއަކަށްވީ މިއަދު އަޅުގަނޑުމެން، މި އިއްޒަތްތެރި މަޖިިސްވެސް އަދި ރައީސުލްޖުމްހޫރިްޔާވެސް އަދި ހުރިހާ ރައްޔިތުންވެސް ވަރަށްބޮޑު ކަންބޮޑުވުމެއްގެތެރޭގަ ތިބުން." ކުރީގެ ދަރަނިތަކުގެ މިސާލު ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ދަރަނިތައް މެނޭޖުކުރެވޭނެ ޕްލޭނަކަށެވެ. މި ޕްލޭނުގެ ދަށުން، މިހާރު ހުރި ބޮޑެތި ދަރަނިތައް ދެއްކުމަށްޓަކައި ކުރިއަށް އޮތްތަނުގައި ލިބޭ އާއްމުދަނީ ރައްކާކޮށް، އެ ފައިސާއިން ދަރަނިތައް މެނޭޖުކުރަމުން ދިއުމަށް ވަނީ ނިންމާފައެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ހަމައަކަށް އެޅުވުމަށްޓަކައި މުހިންމު ފިޔަވަޅެކެވެ.

މިނިސްޓަރު ޒަމީރު ވަނީ ކުރިއަށް އޮތްތަނުގައި ސަރުކާރުން ދަރަންޏެއް ނަގާނަމަ، އެ ދަރަނި އަނބުރާ ދައްކާނެ ރަނގަޅު އަދި ތަފްސީލީ ޕްލޭނެއް އެކުލަވާލައިގެން ނޫނީ އެކަމަށް ކުރިއަށް ނުދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިގޮތަށް ޢަމަލުކުރުމަކީ ދައުލަތުގެ މާލީ އިސްތިޤުރާރު ދެމެހެއްޓުމަށްޓަކައި ސަރުކާރުން ވެފައިވާ ވަޢުދެއް ކަމަށްޒަމީރު ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމާޒު ހިފާފައި ވަނީ ދަރަނިތައް މެނޭޖުކުރެވޭނެ ޕްލޭނަކަށްޚަބަރު | 2 ގަޑިއިރު ކުރިންބަޖެޓު 2026: ކުޅިވަރަށް 623 މިލިއަން ރުފިޔާޚަބަރު | 20 ދުވަސް ކުރިންދައުލަތުގެ ބަޖެޓް: ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ، ޖުޑީޝަރީއަށް 807.9 މިލިއަން ރުފިޔާ ޚަބަރު | 20 ދުވަސް ކުރިންއަންނަ އަހަރުގެ ބަޖެޓު، މާދަމާ މަޖިލީހަށް ހުށަހަޅަނީޚަބަރު | 21 ދުވަސް ކުރިން