އެމްޑީޕީއަށް ރަނގަޅު އެއްވެސް ގޮތެެއް އެބައޮތްތަ؟
މަޖިލިސް މެމްބަރުން
02 ޑިސެމްބަރު 2024 - 04:20
އިދިކޮޅު އެމްޑީޕީއަށް ރަނގަޅު އެއްވެސް ގޮތެއް އެބައޮތްތޯ މިއަދުގެ މަޖިލީހުގައި އިނގުރައިދޫ ދައިރާގެ މެމްބަރު އިބްރާހިމް ފަލާހު ސުވާލުކުރައްވައިފިއެވެ.
މެމްބަރު ފަލާހު މިފަދައިން ސުވާލު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮޕީރައިޓްސްއާ ގުޅޭ އެހެނިހެން ޙައްޤުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން މެމްބަރު ނާޒިލުވަނީ ބިލު ލިބުނީ ޖުލައިމަހުކަން ފާހަގަކުރައްވައި ކުދި ކުދި އިސްލާހުތަކާ ހުރެ ބިލު ފާސްކުރުން ދިގުދެމިގެންގޮސްފައިވާކަމަށް ވިދާޅުވެފައެވެ.
"މިއީ ސަރުކާރުން މިހާރު މަޖިލީހަށް ފޮނުވާ ބިލުތަކުގެ ކަންކަން ހުރި ހިސާބަކީ. ކޮމިޓީގައި ވަރަށް މަސައްކަތްތަކެއް ކުރިން. މިއީ ވަރަށް ފުރިހަމަ ބިލެއް. އެކަމަކު ވަޒީރަކަށް ވުޒާރާއަކަށް މިކަމެއް ނޭނގޭ".
ނާޒިލު ގެ ވާހަކަތަކަށް ރައްދުދެއްވައި ފަލާހު ވަނީ ބިލާ ބެހޭގޮތުން އެއްވެސް ކަމެއް ސަރުކާރުގެ ވުޒާރާތަކަށް ނޭނގޭކަމަށް އެމްޑީޕީން ބުނާއިރު އެމްޑީޕީއަށް ހެޔޮ އެއްވެސް ގޮތެއް އެބައޮތްތޯ ސުވާލުކުރައްވާފައެވެ.
"ބިލެއް އަވަސްވެގެންވެސް ކަމަކު ނުދޭ. ލަސްވެގެންވެސް ކަމަކު ނުދޭ. އެމްޑީޕީއަށް ރަނގަޅު ގޮތެއްް އެބަ ޖެހޭ އެބޭފުޅުން ވިދާޅުވާން. އަވަސްކޮށްދެންވީތޯ؟ ނުވަތަ ލަސްކޮށްދެއްވީތޯ؟ އެއްކޮޅުން މި ބުނަނީ ރަބަރު ސްޓޭމްޕޭ ޖަހަނީ. އަނެއްކޮޅުން މިއަދު ބުނި 3 މަސް ވެއްޖެއޭ ބިލު ނުނިންމާ".
ފަލާހު ވިދާޅުވީ މިއަދު ސަރުކާރުން ފޮނުވާ ބިލުތަކަކީ ދެކޮޅު ޖެހޭ ރައްޔިތުންނަށް ފައިދާހުރި ބިލުތަކެއްކަމަށެވެ.
ފަލާހު މިފަދައިން ވިދާޅުވިއިރު ގާނުނު އަސާސީއަށް އިސްލާހު ހުށަހެޅީ އަވަސް އަރުވާލަިއގެންކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.