logo
E-Platinum
ޚަބަރު

އައިބީއެމްގެ ފަރާތުން ވެމްކޯއަށް ފެން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އާމިނަތު ޝަފާ
2 ޑިސެމްބަރު 2024 - 11:25
އައިބީއެމްގެ ފަރާތުން ވެމްކޯއަށް  18 ލީޓަރުގެ ފެން ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ސޮއިކުރަނީ
އައިބީއެމްގެ ފަރާތުން ވެމްކޯއަށް 18 ލީޓަރުގެ ފެން ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ސޮއިކުރަނީ

ސިންގަލް ޔޫސްޑް ޕްލާސްޓިކް އޮފީސްތަކުގައި މަދުކުރުމުގެ ސިޔާސަތުގެ ދަށުން 18 ލީޓަރުގެ ފެން ފެން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ވެމްކޯ އާއި އައިލެންޑް ބެވަރޭޖް މޯލްޑިވްސް އާއި ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ. އަދި އިލެންޑް ބެވަރޭޖް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖިނާން ޖަލީލެވެ.

މިކަމާ ގުޅޭގޮތުން ވެމްކޯއިން މެންދުރު ޓީވީއަށް މައުލޫމާތުދެމުން ބުނީ މި އެއްބަސްވުމުގެ ދަށުން ވެމްކޯއަށް ބޭނުންވާ ފެން ހެޔޮ އަގެއްގައި ލިބިގެންދާނެކަމަށާއި އަދި އެކަމަށް ކަނޑައެޅިފައިވާ އަދަދަކަށް ކޮންމެ މަހަކުވެސް އައިބީއެމްގެ ފަރާތުން ވެމްކޯއަށް ފެންވަރު ރަނގަޅު ފެން ފޯރުކޮށްދޭނެކަމަށެވެ.

މި އެއްބަސްވުމާއެކު ވެމްކޯއިން ފެނަށް ކުރަމުން އައި ހަރަދު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިގެންދާނެކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ.

ވެމްކޯ އާއި އައިލެންޑް ބެވަރޭޖް މޯލްޑިވްސްއިން އަންނަނީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދީ، މުވައްޒަފުންނަށް ފަހި މާހައުލެއް ގާއިމްކޮށްދީ އަދި ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާދަމާ ގޭބިސީތަކުން ކުނި ނަގާ ގަޑިއަށް ބަދަލެއްވިޔަފާރި | 9 ދުވަސް ކުރިންހއ. ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށައިފިޚަބަރު | 5 މަސް ކުރިންލ. ގަމުގައި ކުނި މެނޭޖްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އަންނަ ހަފްތާގައި މަސައްކަތް ފަށަނީޚަބަރު | 6 މަސް ކުރިންއައިބީއެމްގެ ފަރާތުން ވެމްކޯއަށް ފެން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 8 މަސް ކުރިން