logo
Bank of Maldives

Bank of Maldives

ޚަބަރު

ހއ. ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ސުދާ ލަތީފް
22 ފެބްރުއަރީ 2025 - 14:09
ދިއްދޫގައި ވެެމްކޯގެ ހިދުމަތްތައް ރަސްމީކޮށް ފެށުން
ދިއްދޫގައި ވެެމްކޯގެ ހިދުމަތްތައް ރަސްމީކޮށް ފެށުން

ހއ ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

މިޚިދުމަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިގު އިބްރާޙިމް އެވެ.

ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވީ، ވެމްކޯގެ ޚިދުމަތް ދިއްދޫގައި ފެށުމާއެކު އެރަށުގެ ތިމާވެށި ހިމާޔަތް ކުރެވުމާއެކު ރައްޔިތުންގެ ސިއްޙަތުގެ އިތުރުން ލޯކަލް ވިޔަފާރިތަކަށްވެސް އެކަމުން ފައިދާކުރާނެ ކަމެއްކަމަށެވެ.

ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު، ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިއްދޫއަށް ވަޑައިގެން އެރަށުގައި ވެމްކޯގެ ޚިދުމަތް ވީހާވެސް އަވަހަށް ފައްޓަވައިދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ޠާރިޤް ވިދާޅުވީ، ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ކުޑަކުދިންނަށްވެސް މުހިއްމު ދަޢުރެއް އަދާކުރެވިދާނެކަމަށެވެ.
މި ރަސްމިއްޔާޓުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް ވެމްކޯގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރުވެސް ރަށެއްގެ ކައުންސިލުން ވެމްކޯގެ ޚިދުމަތަށް އެދިއްޖެނަމަ އެކަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އޮންނަ އުސޫލުގެ ތެރެއިން ކުރިއަށްގެންދެވެނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެކަމުގައި ވެމްކޯގެ ފާރާތުން ކުރަންޖެހޭ ކަންކަން ކުރުމަށް އަބަދުވެސް މުވައްޒަފުން ތައްޔާރަށް ތިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.


ވެމްކޯއިން ދެމުން އަންނަ ޚިދުމަތުގައި އެ ކުންފުންޏަށް އެއްބާރުލުން ދިނުމަށް ކައުންސިލާއި ރައްޔިތުންގެ ފަރާތުން ތިމާވެއްޓާބެހޭ ވަޒީރާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުވެސްވަނީ އެދިވަޑައިގެންފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލާ ފުރަތަމަ ފެސިލިޓީ ކުޅުދުއްފުށީގައިޚަބަރު | ދުވަހެއް ކުރިންވިޔަފާރި ފުޅާކުރާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް: ވެމްކޯ ޚަބަރު | މަހެއް ކުރިންމާދަމާ ގޭބިސީތަކުން ކުނި ނަގާ ގަޑިއަށް ބަދަލެއްވިޔަފާރި | 2 މަސް ކުރިންއާސާރީ ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން ވެމްކޯއަށް ޚަބަރު | 3 މަސް ކުރިން