logo
Bank of Maldives

Bank of Maldives

ޚަބަރު

ލ. ގަމުގައި ކުނި މެނޭޖްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އަންނަ ހަފްތާގައި މަސައްކަތް ފަށަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ފެބްރުއަރީ 2025 - 15:59
ލ. ގަމުގައި ކުނި މެނޭޖްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އަންނަ ހަފްތާގައި މަސައްކަތް ފަށަނީ

ހައްދުންމަތީ ގަމު (ލ.އަތޮޅު)ގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ގަމު ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، އަންނަ ހަފްތާއިން ފެށިގެން ގަމުގައި ޢަމަލީ ގޮތުން ކުނި ނެގުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެމްކޯއިން ވަނީ މިއަދު ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ ސަބަބުން، ލ. ގަމުގައި އުފެދޭ ކުނި ތިމާވެށްޓާ ރައްޓެހި ގޮތްތަކަށް ނައްތާލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން ރަށުގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މި ކަމާ ގުޅޭގޮތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ވަނީ މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމުގައި ގަމު ކައުންސިލުން ދެއްވި އެއްބާރުލުމާއި، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

'' އަދި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މި ކަމުގައި އިތުރު ޝުކުރެއް އަދާކުރަން" ޔޫސުފް ނަޝީދު ވިދާޅުވެފަވެއެވެ.

މި މަޝްރޫޢަކީ ސަރުކާރުގެ ތިމާވެށި ރައްކާތެރިކުރުމުގެ އެޖެންޑާގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ގަމުގެ ރައްޔިތުންނަށް ސާފު އަދި ޞިއްޙީގޮތުން ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށް މަގުފަހިވެގެން ދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލާ ފުރަތަމަ ފެސިލިޓީ ކުޅުދުއްފުށީގައިޚަބަރު | 2 ދުވަސް ކުރިންވިޔަފާރި ފުޅާކުރާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް: ވެމްކޯ ޚަބަރު | މަހެއް ކުރިންމާދަމާ ގޭބިސީތަކުން ކުނި ނަގާ ގަޑިއަށް ބަދަލެއްވިޔަފާރި | 2 މަސް ކުރިންއާސާރީ ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން ވެމްކޯއަށް ޚަބަރު | 3 މަސް ކުރިން