logo
Bank of Maldives

Bank of Maldives

ޚަބަރު

ބުޅާތައް ގެންދަންވާނީ ވަކި ޕްލޭނެއްގެ ދަށުން - މިނިސްޓްރީ

އަޙްމަދު ޒަލީފް
3 ޑިސެމްބަރު 2024 - 13:18
ބުޅާތައް ގެންދަންވާނީ ވަކި ޕްލޭނެއްގެ ދަށުން - މިނިސްޓްރީ

އޮޅުހިޔާއަށް ބުޅާތައް ގެންދަންވާނީ ވަކި ޕްލޭނެއްގެ ދަށުން ކަމަށާއި އެހެންނޫންނަމަ، ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.

މާލޭގެ މަގުތަކުން ބުޅާތައް ނަގައި އޮޅުހިޔާއަށް ބުޅާތައް ގެންދިއުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. ތަނުން ދެވޭ ހިދުމަތް ފެށުމަށް މީހުންނާއި ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިދިޔަ މަހުގެ ފަހުކޮޅު އެ ކައުންސިލުން ބުނެފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީން އެހެން ބުނީ މާލެ ސިޓީގެ މަގުތަކުގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅުހިޔާއަށް ގެންދިއުމަށް ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ނެރުނު ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނީ ބުޅާތައް އޮޅުހިޔާއަށް ގެންދިއުމުގައި އަމަލުކުރާނެ އެސްއޯޕީތަކާއި ޕްލޭންތަކާއި ލަފާތައް ސިޓީ ކައުންސިލާ ހިއްސާކޮށްފައި ވިނަމަވެސް، މިހާތަނަށް އެއްވެސް ހިޔާލެއް އެ ކައުންސިލުން ދީފައި ނުވާ ކަމަށެވެ. ވުމާ އެކު އެ ކައުންސިލުން މިހާރު ރާވާފައިވާ ގޮތަށް މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅުހިޔާއަށް ގެންދިއުމަކީ މިނިސްޓްރީއަށް ފެންނަ ކަމެއް ނޫން ކަމަށެވެ.

އޮޅުހިޔާއަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ނޫނީ އެތަނަށް ބުޅާތައް ނުގެންދިއުމަށް ސިޓީ ކައުންސިލަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޅުހިޔާގައި އެއްފަހަރާ 100 ބުޅާ ކަރަންޓީނު ކުރެވޭގޮތަށް ކެޕޭސިޓީ އިތުރުކުރަނީޚަބަރު | 3 މަސް ކުރިންއޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ބަޔަކު ހޯދަނީ ޚަބަރު | 3 މަސް ކުރިންއީދު ބަންދުގައި އޮޅު ހިޔާ ފެސިލިޓީއަށް އިތުރު 15 ބުޅާޚަބަރު | 6 މަސް ކުރިންސަރުކާރުން އެދުނު ގޮތަށް އޮޅު ހިޔާ ސަރުކާރާ ހަވާލުކުރުމަށް ނިންމައިފިޚަބަރު | އަހަރެއް ކުރިން