logoEN
ކުޅިވަރު

އިނގިރޭސި ޕްރީމިއަރ ލީގު: ޓޮޓްނަމް ޗެރީސް އަތުން ބަލިވެއްޖެ

ޗެރީސް ގެ ތާރީޚުގައި ގޯލުޖެހި އެންމެ ޒުވާން ކުޅުންތެރުޔާގެ ލަޤަބު ހުއިޖްސެން ވަނީ ހޯދާފައި. ފޮޓޯ: އޭ.އެފް.ސީ ބޯންމައުތް

ޗެރީސް ގެ ތާރީޚުގައި ގޯލުޖެހި އެންމެ ޒުވާން ކުޅުންތެރުޔާގެ ލަޤަބު ހުއިޖްސެން ވަނީ ހޯދާފައި. ފޮޓޯ: އޭ.އެފް.ސީ ބޯންމައުތް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

06 ޑިސެމްބަރު 2024 - 04:57

ވައިޓާލިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗެއްގައި ބޯންމައުތް އިން ޓޮޓެންހަމް 1-0 އިން ބަލިކޮށް، ޕްރިމިއަރ ލީގުގެ 9 ވަނައަށް އަރައިފިއެވެ. އަދި ރޭގެ މެޗުން ޓޮޓްނަމް ބަލިވެ ތާވަލުގެ 10 ވަނައަށް ވަނީ ވެއްޓިފައެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހީ 17 ވަނަ މިނެޓްގައި ބޯންމަތުގެ 19 އަހަރުގެ ޑިފެންޑަރު ޑީން ހުއިޖްސެންއެވެ. މާކަސް ޓެވަރނިއަރގެ ކޯނަރ ކިކަކުން ބޯޖަހައި ލަނޑުޖެހުމުގެ ފުރުސަތު ހުއިޖްސެންއަށް ލިބުނީ ޓޮޓްނަމްގެ ދިފާއީ ސަފު އޭނާއަށް މާކު ނުކޮށް ދޫކޮށްލުމުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޓޮޓްނަމްއަށް އެއްވެސް މާނައެއް ހުރި ހަމަލާއެއް ދެވިފައި ނުވެއެވެ. އަދި ދެވަނަ ހާފުގައި ކުޅުން ރަނގަޅުވި ނަމަވެސް، މެޗަށް އަނބުރާ އައުމަށް ޓޮޓްނަމް ވަނީ ނުކުޅެދިފައެވެ. މިއީ މި ސީޒަންގައި ޓޮޓްނަމް ލީގުގައި ބަލިވި ހަވަނަ މެޗެވެ.

އަންދޯނި އިރައޯލާގެ ބޯންމަތު އިން މިހާރު ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު އަމިއްލަ ދަނޑުގައި ކުޅެ ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި އާސެނަލް އާއި މެންޗެސްޓަރ ސިޓީ ފަދަ ވަރުގަދަ ޓީމުތައް ހިމެނެއެވެ.

ކޮމެންޓް

871x217_placeholder