logo
Bank of Maldives

Bank of Maldives

ޚަބަރު

ޖީ.ޕީ.އީގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި މިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވައިފި

އާމިނަތު ޝަފާ
6 ޑިސެމްބަރު 2024 - 12:11
ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ ބޯޑް އޮފް ޑިރެކްޓަރސްގެ ބައްދަލުވުމުގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވަނީ//
ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ ބޯޑް އޮފް ޑިރެކްޓަރސްގެ ބައްދަލުވުމުގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވަނީ//

ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ ބޯޑް އޮފް ޑިރެކްޓަރސްގެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންފިއެވެ. 
މިނިސްޓަރ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އޭޝިއާ އަދި ޕެސިފިކް ދާއިރާ ތަމްސީލުކުރައްވާ ބޯޑް މެންބަރުގެ ހައިސިއްޔަތުންނެވެ. ޑިސެމްބަރ މަހުގެ 3 އިން 5 އަށް ދުބާއީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަދި ޓެކްނިކަލް އެޑްވައިޒަރ ޑރ. އަޙުމަދު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ޖީ.ޕީ.އީގެ ހިންގުމާއި ގުޅުންހުރި ގިނަ ނިންމުންތަކާއި، ކުރިއަށްގެންދިއުމަށް ރާވާ ހަރަކާތްތަކުގެ އިތުރުން، ކުރިއަށް އޮތް 3 އަހަރަށް ލަފާކުރާ ބަޖެޓު ކަނޑައެޅުމަށް ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) އަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ހިލޭ އެހީ ދޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ފަންޑެވެ. ޖީ.ޕީ.އީ.ގެ މެންބަރު ޤައުމަކަށް ދިވެހިރާއްޖެ ވީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
އޭގެ ފަހުން ޖީ.ޕީ.އީ. އިން ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ޖީ.ޕީ.އީގެ 9.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއެކު ތައުލީމީ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށްޓަކައި "ތައިބަ' ގެ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ހާއްސަ ޕްރޮޖެކްޓެއް ގާއިމުކުރެވި، އޭގެ މަސައްކަތް ކުރިއަށްދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީއެޗްއެސްސީ މާލޭގެ އައު ލައިބްރަރީ، މިނިސްޓަރ ރަސްމީކޮށް ހުޅުއްވައިދެއްވައިފިޚަބަރު | 9 މަސް ކުރިންދިރާސީ އާ އަހަރުގެ ކިޔެވުން ސަރުކާރު ސްކޫލްތަކުން ފެށީ 84،000 ދަރިވަރުންނާ އެކުޚަބަރު | 10 މަސް ކުރިންޖީ.ޕީ.އީގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި މިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވައިފިޚަބަރު | އަހަރެއް ކުރިން