ސީއެޗްއެސްސީ މާލޭގެ އައު ލައިބްރަރީ، މިނިސްޓަރ ރަސްމީކޮށް ހުޅުއްވައިދެއްވައިފި
20 އޭޕްރީލު 2025 - 11:07

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްސީ) ގެ މާލޭގެ އައު ލައިބްރަރީ، އެޑިއުކޭޝަން މިނިސްޓަރ، ޑރ. އިސްމާޢީލް ޝަފީޢު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މިނިސްޓަރ ލައިބްރަރީ ހުޅުވައިދެއްވީ ސީއެޗްއެސްސީ މާލޭގައި މިއަދު ބޭއްވުނު ޚާއްޞަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށްފަހުއެވެ. އެސެމްބްލީއަށްފަހު، ކްލާސްރޫމްތަކާއި ލެބޯޓްރީތައް އަދި ލައިބްރަރީ އަށް ޒިޔާރަތްކުރައްވާ ދަރިވަރުންގެ އުނގެނުމުގެ މާހައުލު މިނިސްޓަރ ބައްލަވާލެއްވިއެވެ.

Ad by Hajj Corporation
އެކަމާ ގުޅިގެން "ސަރުކާރު" ވެބްސައިޓުގައި ތައުލީމާ ބެހޭ ވުޒާރާއިން ބުނީ، އަލަށް ހުޅުވި މި ލައިބްރަރީއަކީ ދަރިވަރުންގެ ތަޢުލީމީ ފެންވަރު އިތުރަށް މަތިކުރުމަށާއި، އެކަޑެމިކް މަޝްވަރާތައް ބޭއްވުމަށާއި، އަދި ދަރިވަރުންގެ އިޖްތިމާޢީ ހުނަރުތައް ކުރިއެރުވުމަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ޒަމާނީ އުނގެނުމުގެ މާޙައުލެއް ކަމަށެވެ.
މާލޭގައި މިއަދު ބޭއްވުނު ޚާއްޞަ އެސެމްބްލީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާއިލް ޝަފީއު ޝަރަފުވެރިކޮށްދެއްވުން.
މާލޭގައި ހުންނަ ސަރުކާރުގެ ހަމައެކަނި މަތީ ސާނަވީ ތައުލީމު މަދަރުސާ ކަމުގައިވާ، ސީއެޗްއެއީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު ބަންދުކުރުމަށް ފަހު، އަލުން ރަސްމީކޮށް ހުޅުވާފައި ވަނީ މިދޔަ އަހަރުގެ އޮގަސްޓު މަހުއެވެ. 1979 ވަނަ އަހަރު މާލޭގައި ހުޅުވި ސީއެޗްއެސްއީ، އޭގެ 41 އަހަރު ފަހުން މިދިޔަ އަހަރު ހުޅުމާލެ ބަދަލުކުރީ އޭރު އޮތް ސަރުކާރުގެ ނިންމުމަކާއެކުއެވެ. އޭގެ ސަބަބުން މާލޭގަައި މާތީ ސާނަވީ ތައުލީމު ކިޔަވައިދޭ މަދަރުސާއެއް ނެތުމުގެ ކަންބޮޑުވުން އާންމުން ވަނީ ފާޅުކޮށްފައެވެ.
އެ ސްކޫލު އަލުން ރަސްމީކޮށް ހުޅުވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެގޮތުން އެ ރަސްމިއްޔާތުގައި، އެ ސްކޫލުގެ ފަރާތުން ވަނީ އެހާރާއި މިހާރުގެ ރަމްޒެއް ވެސް، ރައީސް ޑރ. މުޢިއްޒުއަށް އަރުވާފައެވެ.


