logoEN
ޚަބަރު

ދާންދޫގެ މަގެއްގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ

ގއ. ދާންދޫ

ގއ. ދާންދޫ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

07 ޑިސެމްބަރު 2024 - 06:39

ދާންދޫގެ މަގެއްގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެއެވެ.

"މެންުދުރު ޓީވީ"އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލުގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވީ، މިއަދު ހެނދުނު އަށެއް ޖެހިކަށް ހާއިރު އެ ރަށު އިންޖީނުގެ ކައިރީގައި މަރުވެފައި އޮއްވައި ފެނުނީ 33 އަހަރުގެ ޒުވާނެއް ކަމަށާއި، އެ ޒުވާނާ ފެނުނީ އެ ރަށުގައި ދިިރިއުޅޭ ގއ. ކަނޑުހުޅުދޫގެ މީހަކަށް ކަމަށެވެ.

އޭނާ ފެނުނު އިރު ހަށިގަނޑުގައި ޒަޙަމްތަކެއް ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށާއި، މިވަގުތު އެ ޒުވާނާ އޮތީ އެ ރަށުގެ ސިއްޚީ މަރުކަަޒުގައި ކަމަށް ވާއިރު، އެ މައްސަލައާ އެކު އެ ރަށުގައި ފޮރެންސިކް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމުގައި ވެސް އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވި ގޮތުގައި، އެ ޒުވާނާއާ ރޭ ވެސް ބައްދަލުވެ، ވާހަކަ ދެކެވުނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނި ގޮތުގައި، އެ ޒުވާނާ ސިއްޚީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder