logo
ޚަބަރު

ހަނގުރާމަވެރިން ދިމިޝްގަށް، ބައްޝާރު ސީރިއާ ދޫކޮށް ފިލައިފި

އާމިނަތު ޝަފާ
8 ޑިސެމްބަރު 2024 - 04:02
ައަސަދުގެ ދިގު ވެރިކަން ވަނީ ވެއްޓިފައި
ައަސަދުގެ ދިގު ވެރިކަން ވަނީ ވެއްޓިފައި

ސީރިއާގައި ވެރިކަންކުރަމުން އައި ބައްޝާރު އަލް އަސަދުގެ އާއިލާގެ 54 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސް ހަޔިއަތު ތަޙްރީރް އަލް-ޝާމް ހަނގުރާމަވެރިން ދިމިޝްގަށް ވަދެއްޖެއެވެ.

މިދިޔަ ހަފްތާއިން ފެށިގެން ސީރިއާގެ ހަޔިއަތު ތަޙްރީރް އަލް-ޝާމް ހަނގުރާމަވެރިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނައިރު ރޭ އެ ޖަމާއަތުންވަނީ ހިމްސް ސިޓީވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން ޙަލަބާއި، ދަޔިރް އަލް-ޛޫރާއި، ޙަމާއާއި ޙުމްސް ސިޓީވެސް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވެރިރަށް ދިމިޝްގަށް ވަދެ ނެރުނު ބަޔާނެއްގައި ތަޙްރީރް އަލް-ޝާމް ޖަމާއަތުންބުނީ ސީރިއާގެ ޚުދުމުހުތާރު ވެރިކަމެއްގެ ނިމުން ކަމަށާއި މިއީ ސީރިޔާގެ ރައްޔިތުންގެ މިނިވަން ކަމުގެ ފެށުން ކަމަށެވެ.

އަސަދު ވެރިކަމާ ޙަވާލުވެވަޑައިގަތީ 2000ވަނަ އަހަރުގެ ތެރޭގައި އޭނާގެ ބައްޕަ ޙާފިޟް އަލް-އަސަދު އަވަހާރަވުމުންނެވެ. އަސަދުގެ އާއިލާ އަކީ ސީރިޔާގެ ބައިމަދު ޢަލަވީންނަށް ނިސްބަތްވާ އާއިލާއެކެވެ. އަސަދާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ގިނަ ޖަމާއަތްތަކާ ގުޅިފައި ވަނީ ސުންނީ މުސްލިމުނާއެވެ. ސީރިއާގެ ވެރިކަމުން ބައްޝާރު ދުރުކުރުމަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތައް ހޫނުވެ ދާހިލީ ހަނގުރާމައަކަށް ބަދަލުވެ މިހާތަނަށް 500،000 (ފަސް ލައްކަ) އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ސޫރިޔާގެ އާބާދީގެ 74އިންސައްތައަކީ ސުންނީ މުސްލިމުންނެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީރިއާ ހަނގުރާމަވެރިންގެ ހުރިހާ ހަތިޔާރެއް ސަރުކާރުގެ ބާރުގެ ދަށަށް ޚަބަރު | 8 މަސް ކުރިންސީރިއާގެ ޔަރުމޫކް ސަރަހައްދުގައި ވެސް ޔަހޫދީ ސިފައިން ޚަބަރު | 9 މަސް ކުރިންއަސަދު ހުރީ ރަޝިޔާގެ ހިމާޔަތުގެ ދަށުގައި ޚަބަރު | 9 މަސް ކުރިން ހަނގުރާމަވެރިން ދިމިޝްގަށް، ބައްޝާރު ސީރިއާ ދޫކޮށް ފިލައިފި ޚަބަރު | 9 މަސް ކުރިން