logo
ޚަބަރު

ސީރިއާގެ ޔަރުމޫކް ސަރަހައްދުގައި ވެސް ޔަހޫދީ ސިފައިން

އާމިނަތު ޝަފާ
18 ޑިސެމްބަރު 2024 - 10:04
ޔަހޫދީން މިހާރު އަތް ގަދަ ކުރަމުންދާ ގޯލާން ސަރަހައްދު
ޔަހޫދީން މިހާރު އަތް ގަދަ ކުރަމުންދާ ގޯލާން ސަރަހައްދު

ސީރިއާގައި ދިގު ވެރިކަމެއް ކުރަމުން އައި ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުމުން، ދަނޑިވަޅުގެ ބޭނުން ހިފައި ސީރިއާގެ ބިންތަކަށް ވެރިވެގަތުމަށް ޔަހޫދީން ހިންގަމުން އަންނަ އުދުވާނުތައް ފުޅާކޮށް ޔަރުމޫކް ސަރަހައްދާ ހަމައަށް ޔަހޫދީ ސިފައިން ޖެހިފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އަރަބި ބިންތަކަށް ގަދަ ބާރުން ވެރިވެގަންނަން މަސައްކަތްކުރާ ޣައިރު ގާނުނީ އިސްރާއީލުން ސީރިއާގެ ބިމުން ހިފާފައިވާ ގޯލާނުގެ އުސް ބިންތަކުގައި ޔަހޫދީ އާބާދީ ވަޒަވެރިކުރަން މިފަހުންވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބައްޝާރުގެ ވެރިކަން ވައްޓާލިފަހުން ޔަހޫދީންވަނީ ސީރިއާގެ 435 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އިސްތިއުމާރުކޮށްފައެވެ.

ގޯލާންގެ އުސް ބިންތަކުގައި ތިބި ޔަހޫދީންގެ އަދަދު ދެ ގުނައަށް އިތުރުކުރާނެ ކަމަށް ބުނީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. ސީރިއާގައި ދިގު ވެރިކަމެއް ކުރަމުން އައި ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުމުން، ދަނޑިވަޅުގެ ބޭނުން ހިފައި ސޫރިޔާގެ ހާލަތު ގަޑުބަޑުކުރުމަށް ޔަހޫދީ ޣައިރު ގާނޫނީ ދައުލަތުން ވަނީ މަސައްކަތް ފަށައިފައެވެ.

އެގޮތުން ޖަބަލް އަލް-ޝައިޚުގެ ހިސާބުތަކަށް ވެސް ވަނީ ޔަހޫދީން އަރައިގެންފައެވެ. މި ބިމަށްވެސް ޔަހޫދީން އަތް ގަދަކޮށްފައިވަނީ ފަލަސްތީނުގެ ބިމަށް އަތްގަދަކުރަން މިހާރު ގެންގުޅެމުންދާ އުސޫލުގެ ތެރެއިންނެވެ. މި ބިންތަކުގައި ޔަހުދީންގެ 31،000އަށް ވުރެ ގިނަ މީހުން މިހާރުވެސް ދިރިއުޅެއެވެ. އަދި މި ސަރަހައްދުގައި ދިރުއުޅޭ ސީރިޔާއަށް ނިސްބަތްވާ އަލް-މުވައްޙިދުންގެ 24،000އަށް ވުރެ ގިނަ މީހުން ވެސް ދިރިއުޅެއެވެ. 

ޔަރުމޫކް ސަރަހައްދުގައި ފަލަސްތީނުގެ ރެފިއުޖީންވެސް ގިނަ އަދަދަކަށް ދިރިއުޅެއެވެ.

ގޯލާންގެ އުސް ބިންތައް ހިމެނޭ ސަރަހައްދަކީ ޔަރުމޫކް ކޯރުގެ އައްސޭރިފަށުގެ ސަރަހައްދުން ފެށިގެން ގަލީލި ކަނޑާ ހަމައަށް އޮންނަ ސަރަހައްދެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީރިއާ ހަނގުރާމަވެރިންގެ ހުރިހާ ހަތިޔާރެއް ސަރުކާރުގެ ބާރުގެ ދަށަށް ޚަބަރު | 8 މަސް ކުރިންސީރިއާގެ ޔަރުމޫކް ސަރަހައްދުގައި ވެސް ޔަހޫދީ ސިފައިން ޚަބަރު | 9 މަސް ކުރިންއަސަދު ހުރީ ރަޝިޔާގެ ހިމާޔަތުގެ ދަށުގައި ޚަބަރު | 9 މަސް ކުރިން ހަނގުރާމަވެރިން ދިމިޝްގަށް، ބައްޝާރު ސީރިއާ ދޫކޮށް ފިލައިފި ޚަބަރު | 9 މަސް ކުރިން