logo
ޚަބަރު

އަސަދު ހުރީ ރަޝިޔާގެ ހިމާޔަތުގެ ދަށުގައި

އާމިނަތު ޝަފާ
9 ޑިސެމްބަރު 2024 - 06:08
އަސަދު ރަޝިޔާގެ ރައީސްއާއެކު
އަސަދު ރަޝިޔާގެ ރައީސްއާއެކު

ސީރިއާގެ ރައީސް ބައްޝާރު އަލް- އަސަދު މިހާރު ހުންނެވީ ރަޝިޔާގެ ވެރިރަށް މޮސްކޯގައި ރަޝިޔާ ސަރުކާރުގެ ހިމާޔަތް ހޯއްދަވައިގެންކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯތުކޮށްފިއެވެ.

އަސަދު ފިއްލަވާފައިވަނީ ސީރިއާގައި ވެރިކަންކުރަމުން އައި ބައްޝާރު އަލް އަސަދުގެ އާއިލާގެ 54 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސް ހަޔިއަތު ތަޙްރީރް އަލް-ޝާމް ހަނގުރާމަވެރިން ދިމިޝްގަށް ވަނުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަސަދާއި އޭނާގެ އާއިލާ މޮސްކޯގައި ތިއްބެވިކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ރަޝިޔާގެ މަސްދަރުތަކުންނެވެ. އަދި ސުލްހަވެރިކަމާއެކު ސަރުކާރު ބަދަލުވުމުގެ ފުރުސަތު ދެއްވަން އަސަދު ނިންމަވާފައިވާކަމަށްވެސް މަސްދަރުތައް ބުނެއެވެ.

އެހެންނަމަވެސް ސަރުކާރާއި ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ބާއްވާ މަޝްވަރާތައް ވިލަރެސްކުރަންޖެހޭނީ އދ އިން ކަމަށް އަސަދު ގަބޫލުކުރައްވާކަމަށްވެސް ބައިނަލްއަގްވާމީ މަސްދަރުތަކުން ބުނެއެވެ.

ވެރިރަށް ދިމިޝްގަށް ވަދެ ނެރުނު ބަޔާނެއްގައި ތަޙްރީރް އަލް-ޝާމް ޖަމާއަތުންބުނީ ސީރިއާގެ ޚުދުމުހުތާރު ވެރިކަމެއްގެ ނިމުން ކަމަށާއި މިއީ ސީރިޔާގެ ރައްޔިތުންގެ މިނިވަން ކަމުގެ ފެށުން ކަމަށެވެ.

އަސަދު ވެރިކަމާ ޙަވާލުވެވަޑައިގަތީ 2000ވަނަ އަހަރުގެ ތެރޭގައި އޭނާގެ ބައްޕަ ޙާފިޟް އަލް-އަސަދު އަވަހާރަވުމުންނެވެ. އަސަދުގެ އާއިލާ އަކީ ސީރިޔާގެ ބައިމަދު ޢަލަވީންނަށް ނިސްބަތްވާ އާއިލާއެކެވެ. އަސަދާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ގިނަ ޖަމާއަތްތަކާ ގުޅިފައި ވަނީ ސުންނީ މުސްލިމުނާއެވެ. ސީރިއާގެ ވެރިކަމުން ބައްޝާރު ދުރުކުރުމަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތައް ހޫނުވެ ދާހިލީ ހަނގުރާމައަކަށް ބަދަލުވެ މިހާތަނަށް 500،000 (ފަސް ލައްކަ) އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ސޫރިޔާގެ އާބާދީގެ 74އިންސައްތައަކީ ސުންނީ މުސްލިމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝިޔާގެ މަތިންދާ ބޯޓެއް ވެއްޓިއްޖެދުނިޔެ | މަހެއް ކުރިންސީރިއާ ހަނގުރާމަވެރިންގެ ހުރިހާ ހަތިޔާރެއް ސަރުކާރުގެ ބާރުގެ ދަށަށް ޚަބަރު | 8 މަސް ކުރިންސީރިއާގެ ޔަރުމޫކް ސަރަހައްދުގައި ވެސް ޔަހޫދީ ސިފައިން ޚަބަރު | 9 މަސް ކުރިންއަސަދު ހުރީ ރަޝިޔާގެ ހިމާޔަތުގެ ދަށުގައި ޚަބަރު | 9 މަސް ކުރިން