logoEN
ޚަބަރު

ސީރިއާ ހަނގުރާމަވެރިންގެ ހުރިހާ ހަތިޔާރެއް ސަރުކާރުގެ ބާރުގެ ދަށަށް

ސީރިއާގެ ލީޑަރު އަހުމަދު އަލް ޝަރާ

ސީރިއާގެ ލީޑަރު އަހުމަދު އަލް ޝަރާ

ސުދާ ލަތީފްސުދާ ލަތީފް

23 ޑިސެމްބަރު 2024 - 04:37

ސީރިއާގެ ހަނގުރާމަވެރިންގެ ހުރިހާ ހަތިޔާރެއް ސަރުކާރުގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް އެ ގައުމުގެ ލީޑަރު އަހުމަދު އަލް ޝަރާ ވިދާޅުވެއްޖެއެވެ.

ސީރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލައި ތުރުކީގެ ހާރިޖީ ވަޒީރު އާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރާ ވިދާޅުވީ އަސްކަރިއްޔާގެ އާ އޮނިގަނޑަކާ ގުޅޭ ގޮތުން ދިފާއީ އަދި އަސްކަރީ އޮފިޝަލުންނާ އެކު ކުރިއަށް އޮތް މަޝްވަރާތަކަށް ފަހު ހަތިޔާރު އެޅި ޖމާއަތްތައް ސިފައިންގެއަށް ވައްދަން ފަށާނެ ކަމަށެވެ.

ސީރިޔާގެ އުތުރާއި އިރުއުތުރުގެ ސަރަހައްދުތައް ކޮނަޓްރޯލްކުރާ ، އެމެރިކާގެ ތާއީދު ލިބިފައިވާ އެ ޖަމާއަތް ތުރުކީން ދެކެނީ ދުޝްމަނުންގެ ގޮތުގައެވެ. އަދި އެއީ ތުރުކީގައި މަނާކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އާ ގުޅިފައިވާ ބައެއް ކަމުގައި ވެސް ބުނެއެވެ.

ޝަރާ ވިދާޅުވީ މަޒުހަބުތަކާއި ބައި މަދު މުޖުތަމައުތަކުގެ މެދުގައި ހިނގާފާނެ ހަމަނުޖެހުންތަކުން އެ މީހުން ސަލާމަތްކުރުމަށާއި، "ފިތުނަ ފަސާދަ އުފައްދަން" މި ހާލަތުގެ ބޭނުން ހިފުމަށް މަސައްކަތްކުރާ "ބޭރުގެ" ނުފޫޒުތަކުން ގައުމު ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިއީ އެންމެންގެ ގައުމެއް ކަމަށާއި އެންމެން އެކުގައި އުޅެވޭނެ ގައުމއެއް ކަމަށް ޝަރާ ވަނީ ވިދާޅުވިއެވެ.

ސީރިއާގައި އެތައް ޒަމާނެއް ވަންދެން ވެރިކަންކުރެއްވި ފަހުން ޝަރާ އިސްވެ ހުރެ ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އިން ސިޓީތައް ހިފައި ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ފަހު މިހާރު ގެންދަނީ އެހެން ގައުމުތަކާ ވާހަކަ ދައްކައި ގުޅުން ބަދަހިކޮށްގެން ގައުމު އާރާސްތުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder