logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމީ ޚިދުމަތުގެ ބިލު އެކުލަވާލުމަށްޓަކައި އިދާރާތަކާއެކު މަޝްވަރާކުރަން ފަށައިފި

އާމިނަތު ޝަފާ
8 ޑިސެމްބަރު 2024 - 10:07
ޤައުމީ ޚިދުމަތުގެ ބިލު އެކުލަވާލުމަށްޓަކައި އިދާރާތަކާއެކު މަޝްވަރާކުރަން ވަނީ ފަށައިފައި
ޤައުމީ ޚިދުމަތުގެ ބިލު އެކުލަވާލުމަށްޓަކައި އިދާރާތަކާއެކު މަޝްވަރާކުރަން ވަނީ ފަށައިފައި

ޤައުމީ ޚިދުމަތުގެ ބިލު އެކުލަވާލުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު މަޝްވަރާތައް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން މިއަދު ފަށައިފިއެވެ.

މިގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އަމާޒުކޮށްގެން ބޭއްވުނު ފުރަތަމަ މަޝްވަރާ ބައްދަލުވުން މިއަދު މި މިނިސްޓްރީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްވަރާތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ތަޢުލީމީ ދާއިރާގައި ނުވަތަ ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިނުވާ ޒުވާނުންނަށް އަމާޒުކޮށްގެން ލާޒިމު ޤައުމީ ޚިދުމަތެއް ތަޢާރަފުކުރުމުގެ މަސައްކަތުގެ ތެރެއިން ފެށިގެންދިޔަ މަޝްވަރާ ބައްދަލުވުންތަކެކެވެ.

ކިޔަވާ ނިމިގެން ނުވަތަ ގްރޭޑް 7 އާ ހަމައަށް ވިޔަސް ނިންމުމަށްފަހު ކިޔެވުމުގެ އިތުރު މަރުޙަލާއަކަށް ނުގޮސް، ކިޔެވުމުގެ އިތުރު ފުރުސަތެއް ނުލިބި އަދި ވަޒީފާއެއް އަދާނުކުރާ، 16 އަހަރުވެފައިވާ ކުދިން، ޤައުމީ ދިފާޢީ ބާރުގެ ރެކްރޫޓްމަންޓް ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރުވާގޮތަށް ޤާނޫނެއް އެކުލަވާލައްވައި، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް 2025 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދެވުމަށް 4 ނޮވެންބަރ 2024 ގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ އިރުޝާދު ދެއްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޕެއިންގައި ކިޔަވާ ކުދިންގެ ތެރެއިން ލޯނަށް ޝަރުޠު ހަމަވީ 52 ދަރިވަރުންޚަބަރު | 3 މަސް ކުރިންރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާ ތަކުގެ އަދަދު 132 އަށްޚަބަރު | 4 މަސް ކުރިންރައީސްގެ ސްކޮލާޝިޕް ހޯދި ދަރިވަރުން އެޕްލިކޭޝަން ހުށައަޅަން ހުޅުވާލައިފި ޚަބަރު | 4 މަސް ކުރިންޗައިނާއިން ހިލޭ ޕީއެޗްޑީއާއި މާސްޓަރސްއަށް ކިޔެވުމުގެ 39 ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 6 މަސް ކުރިން