logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޑަކުދިންނަކީ މުޖްތަމައުގެ ވިންދު: މެޑަމް ސާޖިދާ

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
3 ސެޕްޓެމްބަރު 2024 - 05:42
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން  ފާތިމަތް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތް ސާޖިދާ

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމާއި ގުޅޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާހު ކުރައްވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު ސާޖިދާ ވިދާޅުވީ ކުޑަކުދިންނަކީ މުޖްތަމައުގެ ވިންދުކަމަށާއި އެހެންކަމުން އެކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަން އެންމެ އެދެވޭ ގޮތެއްގައި ގާއިމްކޮށްދޭންޖެހޭ ކަމަށެވެ.އަދި މިކަމަކީ ވަކި ބައެއްގެ ޒިންމާއެއް ނޫންކަމަށާއި މިއީ އެންމެންގެ މައްޗަށް ވެސް އޮތް އިޖުތިމާއީ ޒިންމާއެއްކަމަށް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

މީރުމާ ހޮޓެލްގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ އެއީ އާއިލާއެއްގެ އެކަނި ޒިންމާ އެއް ނޫންކަމަށާއި އިޖުތިމާއީ ކަމެއްގެ ގޮތުގައި ދެކިގެން އެންމެން އެކަމަށް ރައްކާތެރިވާންޖެހޭ ކަމަށެވެ، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މުހިއްމުކަން ހާމަކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ އެކުދިންގެ ހައްގުތަކަށް އަހައްމިއްޔަތުކަން ދޭމިންވަރު އިތުރުކުރަންޖެހޭ ކަމަށާއި އެކަމާއި ގުޅިގެން އެންމެންވެސް މިހާރަށްވުރެބޮޑަށް ހޭލުންތެރިވާންޖެހޭ ކަމަށެވެ. އަދި އެކުދިންނަށް ލިބޭ އެކި އެކި ގެއްލުންތަކުން އަރައިގަނެ އެކުދިން އަނބުރާ މުޖްތަމައުއަށް ގެނައުމަށް އެންމެންވެސް މަސައްކަތްކުރަންޖެހޭ ކަމަށް ވެސް މެޑަމް ސާޖިދާ ވަނީ ގޮވާލައްވާފައެވެ. އަދި ރައީސް ޑރ.މުހައްމަދު ގެ މެނިފެސްޓޯގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތައް ކަނޑައަޅުއްވާފައިވާނެ ކަމަށް ވެސް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މިއަދު އެކުލަވާލެވުނު މި ޕްލޭންގައި ކުޑަކުދިންނަށް ކުރާ އަނިޔާހުއްޓުވައި، ހިމާޔަތްކޮށް، އެކަމަށް އިޖާބަ ދޭނެ ގޮތްތައް ބަޔާންކުރާނެ ޕޮލިިސީއެއް ވަނީ އާއްމުކޮށްފައެވެ. މިރަސްމިއްޔާތުގައި ގާނާއަށް ނިސްބަތްވާ، ޔުނިސެފްގެ އާ ރެޕްރެޒެންޓިވް އެޑްވާޑް އަޑައި ވަނީ ބައިވެރިވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް" ބާއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންމީދޫ ވޮލީބޯޅަ ކޯޓް، ފަސްޓްލޭޑީ ސާޖިދާ ހުޅުއްވައިދެއްވައިފި ޚަބަރު | 4 ދުވަސް ކުރިންކުޑަހުވަދޫ އަންހެނުންގެ ކޮމިޓީން ތަރައްޤީކުރި ޖިމް މެޑަމް ސާޖިދާ ހުޅުވާދެއްވައިފިޚަބަރު | 4 ދުވަސް ކުރިން ޤައުމަށް ތަރައްގީ ގެނެވޭނީ ސަރުކާރާ އެކު މަސައްކަތް ކުރާނެ ކައުންސިލެއް ހޮވިގެން: ފަސްޓް ލޭޑީޚަބަރު | 4 ދުވަސް ކުރިން