އިނގިރޭސި ޕްރީމިއަރ ލީގު: ކޯލްޑް ޕާމާ ކުކުޅަށް ފެންދީފަ ކަތިލައިފި

ކުކުޅު ކަތިލުމުގައި އިސްދައުރެއް އަދާކުރި ޕާމާ މޭންއޮފްދަމެޗް އެވޯޑާއެކު. ފޮޓޯ: ފަބްރީޒިއޯ

09 ޑިސެމްބަރު 2024 - 04:56
އިނގިރޭސި ޕްރީމިއަރ ލީގުގައި ކޯލް ޕާމަރގެ ދެ ގޯލުން ޗެލްސީ ޓޮޓްނަމް އަތުން ފަހަތުން އަރައި މޮޅުވެއްޖެއެވެ. ޓޮޓްނަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ޗެލްސީ ކާމިޔާބުކުރީ 3-4 ންނެވެ.
ރޭގެ މެޗު ޓޮޓްނަމްއިން ފެށީ ގަދަކޮށެވެ. އެގޮތުން މެޗުގެ 5 ވަނަ މިނެޓުގައި ސޮލަންކޭ އަދި 11 ވަނަ މިނެޓުގައި ކުލުސެވްސްކީ ވަނީ ގޯލެއްޖަހައި 2 ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. ނަމަވެސް ޓޮޓްނަމް އަށް ލީޑުގައި މާގަނިއިރު ހަމަޖެހިލައިގެން އޮވެވޭގޮތެއް ނުވިއެވެ. އެގޮތުން ސަންޗޯ ވަނީ 17 ވަނަ މިނެޓުގައި ޗެލްސީއަށް ގޯލެއް ޖަހައިދީފައެވެ.
އަދި ދެވަނަހާފުގެ 61 ވަނަމިނެޓުގައި ޕާމާ ވަނީ ގޯލެއްޖަހައި ޗެލްސީއަށް ނަތީޖާ ހަމަކޮށްދީފައެވެ. އަދި އޭގެ 10 ވަރަކަށް މިނެޓުފަހުން އެންޒޯ ވަނީ ޗެލްސީއަށް ފަހަތުން އަރައި ލީޑުނަގާދީފައެވެ. އަދި މެޗުގެ 84 ވަނަ މިނެޓުގައި ޕާމާ ވަނީ ޕެނަކާ ޕެނަލްޓީއެއްވެސް ކާމިޔާބުކޮށްދީފައެވެ. މިއީ ޖެހިޖެހިގެން ޕާމާ ކާމިޔާބުކުރި 11 ވަނަ ޕެނަލްޓީއެވެ. މިއީ ޕްރީމިއަރ ލީގުގެ އައު ރެކޯޑެކެވެ. ޓޮޓްނަމްގެ ފަހުގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 90 މިނެޓުހަމަވެ އިތުރުގަޑީގައި ސަން އެވެ.
ރޭގެ މޮޅާއެކު ޗެލްސީވަނީ އާރސެނަލް އަށްވުރެ 2 ޕޮއިންޓް އިތުރަށް ހޯދައި ތާވަލުގެ 2 ވަނައިގައި ހިފަހަށްޓާލާފައެވެ. އަދި ރޭގެ ބައްޔާއެކު އެންމެ ފަހުން ޓޮޓްނަމް ކުޅުނު 5 މެޗުން ލިބުނު 4 ޕޮއިންޓާއެކު އެޓީމުއޮތީ ތާވަލުގެ 11 ވަނައިގައެވެ.
އިތުރު ލިޔުންތައް

55 އަހަރު ފަހުން ފޮރެސްޓަށް، އެންފީލްޑްގައި ލިވަޕޫލް ބަލިކުރެވިއްޖެ
8 މަސް ކުރިން
އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ގުއާޑިއޯލާ އައުން ގާތް
7 މަސް ކުރިން
އިންގްލިޝް ޕްރީމިއަރ ލީގުގެ މެޗްޑޭ 08 އަށް އަވަސް ނަޒަރެއް.
7 މަސް ކުރިން