logoEN
ޚަބަރު

ބޭރު ފައިސާގެ ބިލް މަޖިލީހަށް

މެމްބަރު ފަލާހް

މެމްބަރު ފަލާހް

އާމިނަތު ސަފާއާމިނަތު ސަފާ

09 ޑިސެމްބަރު 2024 - 04:52

ބޭރު ފައިސާއާބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ތައާރަފުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަލާހް އެވެ.ބިލްގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ބޭރު ފައިސާ އިން ކުރެވޭ މުއާމަލާތްތަކާބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމާއި ރާއްޖެއަށް ބޭރު ފައިސާ އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުމާބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ އިން ބައެއް ރުފިޔާއަށް މާރުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

ބިލްގައިވާ ގޮތުން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާ ނުވަތަ ޖަމާކުރަންޖެހެ އެވެ.ޓޫރިޒަމް ދާއިރާގެ މުދާ އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކުންވެސް ބޭންކަށް ފައިސާ ޖަމާކުރަން ޖެހެ އެވެ.

"ބޭރު ފައިސާއާބެހޭ ބިލް" ގައިވާ ގޮތުން ކެޓަގަރީ "އޭ" ގައި ހިމެނެނީ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކެވެ. އެ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ލާޒިމްވާނެ އެވެ. އަދި ކެޓަގަރީ "ބީ" ގައި ހިމެނޭ ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރުކުރަން ޖެހެ އެވެ.

ޑޮލަރު މާރުކުރުުގެ ގަވާއިދަށް އަމަލުކުރެވެން ނެތްކަމަށްބުނެ ގިނަ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ރައީސް ވިދާޅުވެފައިވަނީ އެ ގަވާއިދު ބަދަލު ނުކުރައްވާނެކަމަށެވެ.

ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓެބްލިޝް "ބޭރު ފައިސާއާބެހޭ ބިލް" ގައިވާ ގޮތުން ވެސް ޓޫރިޒަމް ދާއިރާގެ ހުރިހާ ވިޔަފާރިތަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ އެވެ.

ކޮމެންޓް

871x217_placeholder