logo
MPL

MPL

ޚަބަރު

ކާށިދޫ ރައްޔިތުންގެ ފަރާތުން ހުށަހެޅި ކަންކަމަށް ރައީސް ދެއްވީ އުއްމީދީ ޖަވާބެއް

އަޙްމަދު ޒަލީފް
9 ޑިސެމްބަރު 2024 - 12:21
ކާށިދޫ ރައްޔިތުންގެ ފަރާތުން ހުށަހެޅި ކަންކަމަށް ރައީސް ދެއްވީ އުއްމީދީ ޖަވާބެއް

ކާށިދޫ ރައްޔިތުންގެ ފަރާތުން އެ ރަށު ކައުންސިލުން ރައީސް ޑރ މުޙައްމަދު މުޢިއްޒު އާ ބައްދަލު ކުރައްވާ ހުށަހެޅުއްވި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވައިފިއެވެ.

ގާފަރު ކައުންސިލް އިދާރާގައި މިއަދު ބޭއްވި މިބައްދަލުކުރެއްވުމުގައި ކާށިދޫ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ރަށުގެ ބަނދަރުގެ ހާލަތު ބަޔާންކޮށްދެއްވައި އެކަމުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ސިއްޙީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވައި އެކަންކަމަށް ޙައްލު ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާކަން ފާހަގަކުރައްވައި ކައުންސިލުން މިކަން ކުރިއަށްގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު ކާށިދޫގެ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރައްވާނެ މަސައްކަތްތައް، މިބައްދަލުވުމުގައި ކައުންސިލުން އޮޅުންފިލުއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކާށިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ކުރިއަށް އޮތް ދައުރުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އޮންނާނެ ގޮތާގުޅޭގޮތުން ސުވާލުކުރައްވައި އެބޭފުޅުން އެދިވަޑައިގަންނަވާ ކަންކަން ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވާނެ ކަންކަން ހިއްސާކުރައްވާފައެވެ. އަދި ސަރުކާރުގެ އެކި މުވައްސަސާތައް އެއްކޮށްލައްވައި، މަސައްކަތްތައް ހަރުދަނާކުރުމަށް ކުރައްވާ ކަންކަން އެމަނިކުފާނު ހިއްސާކުރެއްވިއެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވާނެކަންކަން ތަފްޞީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާށިދޫ ރައްޔިތުންގެ ބޮޑު ތަކުލީފަކަށް ނިމުމެއް، ފިޒިއޮތެރަޕީގެ ޚިދުމަތް ރަށުން ލިބޭގޮތް ހަދައިދީފިޚަބަރު | 3 ގަޑިއިރު ކުރިންމިފްކޯގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތައާރަފުކޮށްފިވިޔަފާރި | 5 މަސް ކުރިންއިންޑިޔާއިން ނެގި 400 މިލިޔަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފިޚަބަރު | 6 މަސް ކުރިންއިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިޚަބަރު | 6 މަސް ކުރިން