logo
MPL

MPL

ޚަބަރު

ކާށިދޫ ރައްޔިތުންގެ ބޮޑު ތަކުލީފަކަށް ނިމުމެއް، ފިޒިއޮތެރަޕީގެ ޚިދުމަތް ރަށުން ލިބޭގޮތް ހަދައިދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޮކްޓޯބަރު 2026 - 12:50
ކާށިދޫ ރައްޔިތުންގެ ބޮޑު ތަކުލީފަކަށް ނިމުމެއް، ފިޒިއޮތެރަޕީގެ ޚިދުމަތް ރަށުން ލިބޭގޮތް ހަދައިދީފި

 

ކ. ކާށިދޫ ޞިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައި، އެ ރަށުގެ ރައްޔިތުން ފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށާއި އުފުލަންޖެހޭ ބޮޑު ތަކުލީފަށް ލުޔެއް ހޯދައިދީފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ އެވެ. މިއީ ރާއްޖޭގެ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން މި ޚިދުމަތް ތަޢާރަފުކުރި ފުރަތަމަ ރަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ކާށިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ފިޒިއޮތެރަޕީގެ ޚިދުމަތް ތަޢާރަފުކުރުމަށް ނިންމެވި ރަށެއް ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މުޅި ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި ޚިދުމަތުގެ ސަބަބުން ޚާއްޞަކޮށް އިސްރަށްވެހިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ ރަށުގައި، ޢާއިލާގެ ގާތުގައި ތިބެގެން ފަރުވާ ކުރިއަށްގެންދިއުމުގެ މަގުފަހިވެގެންދާނެއެވެ. ވަޒީރު ވަނީ އެ މަރުކަޒުގައި ފިޒިއޮތެރަޕީ ދޭން ޚާއްޞަކޮށްފައިވާ ބައި ބައްލަވާލައްވައި، މަރުކަޒުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ޚިދުމަތް ދިނުމުގައި ހުރި ދަތިތައް އޮޅުންފިލުއްވާފައެވެ.

ކާށިދޫ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ، އަދި ދުވާލެއްގެ މައްޗަށް 25 އާއި 30 އާ ދެމެދުގެ ޢަދަދަކަށް ބަލިމީހުންނަށް ފަރުވާ ދެމުން އަންނަ ތަނެކެވެ. އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް 8 އެނދު ހުންނަ މި މަރުކަޒުން ޑޮކްޓަރަށް ދެއްކުމާއި ލެބޯޓަރީ އަދި އީސީޖީގެ ޚިދުމަތް މިހާރުވެސް ލިބޭއިރު، އެކްސްރޭ އަދި ސްކޭންގެ ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު މާލޭގެ އިތުރުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ތެރެއިން ފިޒިއޮތެރަޕީ ދެމުން ދިޔައީ އެންމެ 10 ތަނެއްގައެވެ. އެއީ ކުޅުދުއްފުށި، ރ. އުނގޫފާރު، ބ. އަތޮޅު، ޅ. އަތޮޅު، މުލީ، ލ. ގަން، ގއ. އަތޮޅު، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ފުވައްމުލައް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޚިދުމަތް އަތޮޅުތަކުގައި އިތުރަށް ފުޅާކުރުމަށް ފެށި މަސައްކަތުގެ ދަށުން، ކާށިދޫގެ އިތުރުން މާފުށީ ހޮސްޕިޓަލާއި ނ. އަތޮޅު ހޮސްޕިޓަލާއި ތ. އަތޮޅު ހޮސްޕިޓަލް އަދި ށ. އަތޮޅު ހޮސްޕިޓަލުގައިވެސް މިހާރު ވަނީ ފިޒިއޮތެރަޕީގެ ޚިދުމަތް ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާށިދޫ ރައްޔިތުންގެ ބޮޑު ތަކުލީފަކަށް ނިމުމެއް، ފިޒިއޮތެރަޕީގެ ޚިދުމަތް ރަށުން ލިބޭގޮތް ހަދައިދީފިޚަބަރު | 2 ގަޑިއިރު ކުރިންދުނިޔޭގެ އާބާދީގެ 1.2 ބިލިއަން މީހުން ނަފްސާނީ ބަލިތަކުގައި، ރާއްޖޭގެ ހާލަތުވެސް ކަންބޮޑުވާ މިންވަރެއްގައިޚަބަރު | ދުވަހެއް ކުރިންޅައިމަގު ރައްޔިތުންނަށް ބޮޑު ލުޔެއް، ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފިޚަބަރު | 7 ދުވަސް ކުރިންހިތުގެ ދުވަސް: ހިލޭ ޓެސްޓުތަކާއި ސީޕީއާރު ތަމްރީނާއެކު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކޮށްފިޚަބަރު | 8 ދުވަސް ކުރިން