logo
MPL

MPL

ޚަބަރު

ދުނިޔޭގެ އާބާދީގެ 1.2 ބިލިއަން މީހުން ނަފްސާނީ ބަލިތަކުގައި، ރާއްޖޭގެ ހާލަތުވެސް ކަންބޮޑުވާ މިންވަރެއްގައި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޮކްޓޯބަރު 2026 - 13:46
ދުނިޔޭގެ އާބާދީގެ 1.2 ބިލިއަން މީހުން ނަފްސާނީ ބަލިތަކުގައި، ރާއްޖޭގެ ހާލަތުވެސް ކަންބޮޑުވާ މިންވަރެއްގައި

ދުނިޔޭގެ އާބާދީގެ ކޮންމެ ހަތް މީހަކުން އެކަކީ ނަފްސާނީ ބައްޔެއް ތަޙައްމަލުކުރަމުންދާ މީހެއް ކަމަށާއި، ރާއްޖޭގައި ވެސް ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރަމުންދާ ކަމަށް ސިއްޙަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީ އާއި ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

މާދަމާ ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 1.2 ބިލިއަން މީހުން ނަފްސާނީ ބަލިތައް ތަޙައްމަލުކުރަމުންދާ ކަމަށެވެ. މީގެތެރޭގައި އެންމެ ޢާންމުކޮށް ފާހަގަކުރެވެނީ ހާސްކަމާއި (އެންޒައިޓީ) މާޔޫސްވުމެވެ (ޑިޕްރެޝަން). މީގެއިތުރުން ބައިޕޯލާ ޑިސްއޯޑަރާއި ޝިޒޮފްރީނިއާ ފަދަ ސީރިއަސް ބަލިތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 އިން 2021 އަށް ކުރިއަށްގެންދިޔަ ސްޓެޕް ސާވޭގެ ނަތީޖާއިން ކޮންމެ 5 މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ވަނީ ދައްކައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިޢާރަކީ "ތަޖުރިބާގެ އަޑު ކަނުލައި އެހުން: ޙަގީގީ އަޑު، ޙަގީގީ ބަދަލު" މިއެވެ. މި ޝިޢާރުގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ އެކި ޙާލަތްތައް ޢަމަލީގޮތުން ތަޙައްމަލުކޮށްފައިވާ ފަރާތްތަކުގެ ތަޖުރިބާތަކަށް ސަމާލުކަން ދިނުމާއި، ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި ޚިދުމަތްތައް ފަރުމާކޮށް ފޯރުކޮށްދިނުމުގައި އެ ފަރާތްތަކުގެ ޢަމަލީ ބައިވެރިވުން އިތުރުކުރުމެވެ. މުޖުތަމަޢުގައި އަދިވެސް އޮތް ތަފާތުކުރުންތަކާއި ނުރަނގަޅު ވިސްނުންތަކުގެ (ސްޓިގްމާ) ސަބަބުން ގިނަ ބަޔަކު އެހީ ހޯދަން ފަސްޖެހޭކަން ވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް

ރާއްޖޭގައި ނަފްސާނީ ސިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އަތޮޅުތަކާއި ސަރަޙައްދީ ހޮސްޕިޓަލްތަކުގައި ސައިކޭޓްރިސްޓުންގެ ކޮންސަލްޓޭޝަން ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ހުޅުމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ 50 އެނދުގެ ސައިކިއޭޓްރިކް އަދި މެންޓަލް ހެލްތު ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މި ހޮސްޕިޓަލުން ދިގު މުއްދަތަށް އެޑްމިޓްކޮށްގެން ދޭ ފަރުވާއާއި، ރިހެބިލިޓޭޝަން އަދި ވަށާޖެހޭ ފުރިހަމަ ފަރުވާ އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެއެވެ.

މައިގަނޑު ޙަރަކާތްތައް ކާށިދޫގައި

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާ ގުޅިގެން މިއަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މައިގަނޑު ޙަރަކާތްތައް ކުރިއަށްގެންދަނީ އޮކްޓޫބަރު 9 އިން 10 އަށް ކ. ކާށިދޫގައެވެ.

މި ޙަރަކާތްތަކުގެ ތެރޭގައި ރަށުގެ މުޅި މުޖުތަމަޢަށް ހުޅުވާލައިގެން ބާއްވާ "ކޮމިއުނިޓީ ކަލަރ ރަން" އާއި، މިއަދު ހަވީރު ބޭއްވި "ވިލުންތެރި ޢާއިލީ މަހާސަމާ" ހިމެނެއެވެ. މި މަހާސަމާގައި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، އައި.ޖީ.އެމް.އެޗް ގެ ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތާއި، އެޗް.ޕީ.އޭ، ކާށިދޫ ކައުންސިލް އަދި ކަމާގުޅޭ އިދާރާތަކުން ބައިވެރިވެ މައުލޫމާތު ދިނުމުގެ އެކި ހަރަކާތްތައް ކުރިއަށްގެންދިޔައެވެ. މީގެއިތުރުން މާދަމާ ހެނދުނު އެ ރަށުގެ އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން "އިސްރަށްވެހިންގެ ސައްލާ" ގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ވެސް ހޭލުންތެރިކަން އިތުރުކުރުމުގެ ތަފާތު ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ އާބާދީގެ 1.2 ބިލިއަން މީހުން ނަފްސާނީ ބަލިތަކުގައި، ރާއްޖޭގެ ހާލަތުވެސް ކަންބޮޑުވާ މިންވަރެއްގައިޚަބަރު | ގަޑިއިރެއް ކުރިންޅައިމަގު ރައްޔިތުންނަށް ބޮޑު ލުޔެއް، ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފިޚަބަރު | 6 ދުވަސް ކުރިންހިތުގެ ދުވަސް: ހިލޭ ޓެސްޓުތަކާއި ސީޕީއާރު ތަމްރީނާއެކު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކޮށްފިޚަބަރު | 7 ދުވަސް ކުރިން ރާއްޖޭގައި މިވަގުތު ތިބީ އެޗްއައިވީ ޖެހިފައި 53 މީހުން: މިނިސްޓަރ ގީލާޚަބަރު | 7 ދުވަސް ކުރިން