logo
MPL

MPL

ޚަބަރު

ޅައިމަގު ރައްޔިތުންނަށް ބޮޑު ލުޔެއް، ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޮކްޓޯބަރު 2026 - 18:45
ޅައިމަގު ރައްޔިތުންނަށް ބޮޑު ލުޔެއް، ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފި

ށ. ޅައިމަގު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް އެ ރަށުގައި ރަސްމީކޮށް ފައްޓަވައިދެއްވީ، ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޅައިމަގު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޤީލާ ޢަލީގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، ޅައިމަގު ކައުންސިލްގެ އިސްވެރިންގެ އިތުރުން ސިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ޅައިމަގުގައި މިއަދު މި ހުޅުވުނު ލެބޯޓަރީއަކީ މި ސަރުކާރުން އަތޮޅުތަކުގައި ހުޅުވި 20 ވަނަ ލެބޯޓަރީއެވެ. ޅައިމަގުގެ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވެއެވެ. މީގެއިތުރުން ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ކުރާއިރު ޚިދުމަތް 16 ގަޑިއިރަށް ބަދަލުކުރާނެކަމަށާއި، އައު އިމާރަތް ތަރައްޤީ ކުރަނީ 4 އެނދާއި ލެބޯޓަރީ އަދި އެހެނިހެން ވަސީލަތްތައް ހިމަނައިގެންކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ ކުރިން އާދައިގެ ކުޑަ ޓެސްޓެއް ހަދަން ވެސް ޅައިމަގު ރައްޔިތުންނަށް ޖެހެނީ އެ ޚިދުމަތް ލިބޭ އެހެން ރަށްރަށަށް ދަތުރު ކުރާށެވެ. ނަމަވެސް، މިއަދު އެ ރަށު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ޤާއިމުވެގެން ދިއުމާއެކު، އަމިއްލަ ރަށުގައި ތިބެގެން ލޭގެ ޓެސްޓުތަކާއި އެހެނިހެން އަސާސީ ޓެސްޓުތައް ހެދުމުގެ ފުރުޞަތު މިވަނީ ފަހިވެފައެވެ.

މި ޚިދުމަތާއެކު ދަތުރުފަތުރަށް ހިނގާ ޚަރަދާއި، އެކަމަށް ހޭދަވާ ވަގުތު ސަލާމަތްވެ، ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ގޮވައިގެން ކަނޑު ދަތުރުކުރަން ނުޖެހި، ރަށުން ފަރުވާ ލިބޭނެ މަގު ފަހިވުމަކީ ޅައިމަގު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާޚަބަރު | 7 ގަޑިއިރު ކުރިންސިއްހީ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން, ހެލްތު އެކްސްޕޯ ނިންމާލީ ބޮޑު ކާމިޔާބީއަކާއެކުޚަބަރު | ދުވަހެއް ކުރިންކުވެއިތު ފަންޑުން ރާއްޖެއަށް ދޭ ލޯނު ލިމިޓު 40 މިލިއަން ޑޮލަރަށް، ވޭމަންޑޫ ހޮސްޕިޓަލް އަޅަން 9.7 މިލިއަން ޑޮލަރުޚަބަރު | 4 ދުވަސް ކުރިންސިއްހީ ނިޒާމަށް ބޮޑު ބަދަލެއް: މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތައް އެއް ބޯޑެއްގެ ދަށަށްޚަބަރު | 6 ދުވަސް ކުރިން